އެކަކު އަނެކަކާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ނައިބު ރައީސް
އެކަކު އަނެކަކާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ނައިބު ރައީސް

އެކަކު އަނެކަކާ ދޭތެރޭ ވިސްނާކަމަށް ވާ ނަމަ ދުނިޔެއަށް ހަަމަޖެހުން އަންނާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު، ބައިނަލްއަގުވާމީ އިސްލާމިކް ކޮންފަރެންސް ހުޅުއްވާދެއްވަމުން ވިދާޅުވެއްޖެ އެވެ.

އެކަކު އަނެކަކާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ނައިބު ރައީސް
އެކަކު އަނެކަކާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ނައިބު ރައީސް

އިސްލާމިކް ޔުނިވާސިޓީން ބާއްވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ މުޅި ދުނިޔެއަށް ނަމޫނާ އުއްމަތަކަށް އިސްލާމީ އުއްމަތް ވާން ޖެހޭ ކަމަށާއި އެހެން މީހުންނަށް ޖާގަ ދީގެން އުޅޭ ބަޔަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

އެކަކު އަނެކަކާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ނައިބު ރައީސް
އެކަކު އަނެކަކާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ނައިބު ރައީސް

ނައިބު ރައީސް ވިދާޅުވި ގޮތުގައި މުސްލިމުންގެ ތެރޭގައި އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ މަޒުހަބުތަކުގެ ހިޔާލު ތަފާތުވުމެވެ. އޭގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި މުސްލިމުން ހިފަހައްޓަމުން އަންނަ މަގާމާއި ގަދަރު ދޫވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، ޖިހާދު ވިދާޅުވީ، އެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

"..މަޒުހަބްތައް އެއްބައިވަންތަ ނުކުރެވުމުގެ ސަބަބުން ބައިނަލްއަގުވާމީ ކަންކަމުގައި މުސްލިމުން ހިފަހައްޓާ މަގާމު ދޫވެއްޖެ،" އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީން ބާރުއަޅަނީ ހަމަޖެހުމަށް ކަމަށާއި ޓެރަރިޒަމަކީ މުސްލިމުން އެންމެ ދެކޮޅު ކަންތައް ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ދުނިޔޭގައި ޓެރަރިޒަމް ބޭނުންކުރަމުން ދަނީ، މުސްލިމުން ޣައިރު މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ އަމަލެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އިސްލާމް ދީން ލޯބިކުރަނީ ސުލްހައަށް ކަމަށާއި ބައިބައިވުމާއި ގަދަ ބާރުން މައްސަލަތައް ހައްލުކުރަން ބާރުއެޅުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ބާއްވާ އިސްލާމިކް ކޮންފަރެންސްގައި ދިވެހި 29 އިލްމުވެރިއަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ ޔުނިވަސިޓީތަކުން 27 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ކޮންފަރެންސްގައި ދުނިޔެ އާއި ރާއްޖެ އަށް ދިމާވެފައިވާ ބޮޑެތި ދީނީ މައްސަލަތަކާ މެދު މަޝްވަރާކުރާނެ އެވެ. ދިރާސާ ކަރުދާސް ހުށަހެޅުމާއި ވޯކްޝޮޕްތައް އަދި ޕެނަލް ޑިސްކަޝަންތައް ހިމެނޭ މި ކޮންފަރެންސްގައި ޓެރަރިޒަމް ހުއްޓުވުމާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ޖިހާދަށް ދިޔުން ފަދަ ކަންކަމާ މެދު މަޝްވަރާކުރާނެ އެވެ.