18 މެއި 2021 - 13:17

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދީ މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ އެވެ.
މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރު މީހަކު ދިންއިރު، މި މަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ބޮމުގެ ހަމަލާއެއް ވެސް ދީފަ އެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ.