އަހަރެންގެ ސްޓައިލްގެ ކުޅުންތެރިންނެއް އެވަޓަންގައި ނެތް
އަހަރެންގެ ސްޓައިލްގެ ކުޅުންތެރިންނެއް އެވަޓަންގައި ނެތް

ލިވަޕޫލް (18 މެއި) - ބޭނުންވާ ސްޓައިލްގެ ކުޅުންތެރިންނެއް އެވަޓަންގައި ނެތް ކަމަށް، އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

އަންޗެލޯޓީ ބުނީ، އޭނާ ކުޅުވަން ބޭނުން ވަނީ އެޓްރެކްޓިވް އެޓޭކިން ފުޓްބޯޅައެއް ކަމަށެވެ. ނަމަވެސް އެ ސްޓައިލްއަށް ފެތޭނެ ކުޅުންތެރިން ނެތުމުން އޭނާ ކުޅުވަނީ ޑައިރެކްޓް ފުޓްބޯޅައެއް ކަމަށް ބުންޏެވެ.

"އަހަރެމެން މިހާރުގެ ސްކޮޑަށް މާ ބޮޑަށް ފަސޭހަ ޑައިރެކްޓް ފުޓްބޯޅައެއް ކުޅުނީމަ. އެކަމަކު އެ ސްޓައިލަކީ އެންމެ ރަނގަޅު ސްޓައިލްއެއް ނޫން،" އަންޗެލޯޓީ ބުންޏެވެ. "އަހަރެމެންގެ ނެތް ބޯޅަ ހިފައިގެން ވަރުގަދައަށް ކުޅޭނެ ކުޅުންތެރިޔެއް."

މިދިޔަ އާދިއްތަ ދުވަހު އެވަޓަން ވަނީ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 ން ބަލިވެފަ އެވެ. އެ މެޗުން ބަލިވުމުން ޔޫރަޕްގެ ޖާގަ ގެއްލުމުގެ ބިރު އެވަޓަންއަށް ވަނީ ކުރިމަތި ވެފަ އެވެ.