17 މެއި 2021 - 22:23

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނީ 1،433 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އަލަށް ކޮވިޑް ޖެހުނީ 594 މީހަކަށެވެ. ކުރީގެ ދުވަސްތަކުގެ ބައެއް ސާމްޕަލްތަކާ އެކު ޖުމުލަ 1،433 އާ ކޭސް ފެނިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އެއީ 4،480 މީހުން ޓެސްޓު ކޮށްގެން ލިބުނު ނަތީޖާ އެވެ.
ރާއްޖޭގައި މިވަގުތު 16،977 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 268 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް 45،956 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 28،849 މީހުން ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. ރާއްޖެ އިން މިހާތަނަށް 101 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރުން މުޅި ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އިރު، އެ ފިޔަވަޅުތައް އިތުރު މުއްދަތަކަށް މިހާރު ވަނީ ދިގު ދަންމާލައިފަ އެވެ.