17 މެއި 2021 - 20:46

ކޮވިޑްގެ މި އުނދަގޫ ހާލަތުގައި ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުމެވެ. މި ހާލަތުގައި މަސައްކަތުގެ މާހައުލާއި އާއިލާއާ ގުޅުވައިދިނީ ދިރާގު ފަދަ ކުންފުނިތަކުގެ ބުރަ މަސައްކަތުންނެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކާއި ސޯޝަލް ޑިސްޓެންސިންގެ އުސޫލުގެތަކުގެ ތެރެއިން މަސައްކަތްކުރި އިރު މުވާސަލާތީ ހިދުމަތްތަކަށް ބަރޯސާވިވަރު ވަރަށް ބޮޑަށް އިތުރުވި އެވެ. އެހެންވެ، ދިރާގުން ވަނީ ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑު ލުއިތަކެއް ކަސްޓަމަރުންނަށް ދީފަ އެވެ.

ދިރާގުން ދޭ ހިދުމަތްތަކަކީ މުޖުތަމައަށް ބޭނުންވެފައިވާ ޒަރޫރީ ބޭނުމަކަށް ވެފައި ވާތީ، ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އެކި ދުވަސްވަރު އެ ކުންފުނިން އައީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

މިދިޔަ އަހަރު ކުރިމަތިވި އުނދަގޫ ދަނޑިވަޅުގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ދިރާގުން އިންވެސްޓްމަންޓްތައް ފުޅާކުރި އެވެ. ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކުގެ 80 ޕަސެންޓަށް ފުޅާކޮށްދިނެވެ. ދިރާގުން ފޯރުކޮށްދޭ ޓީވީގެ ހިދުމަތް 77 ޕަސެންޓް ގޭބިސީތަކަށް އިތުރު ކުރިއިރު މޯބައިލް ކަވަރޭޖްގެ ހިދުމަތް ވެސް ފުޅާކުރި އެވެ.
ދިރާގުގެ ފިކްސް ބްރޯޑްބޭންޑް އަދި ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މިދިޔަ އަހަރު ގެނައި ބަދަލުތަކާއެކު، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި މުނިފޫހިފިލުވުން، ހަމައެއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ލިބުނެވެ.
ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކުރި އެވެ. މި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަ، ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް "ކޮމްބޯ" ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. މީގެ އިތުރުން "އަމިއްލަ ޕޯސްޓްޕެއިޑް" ގެ ނަމުގައި މުޅިން އައު ޕޯސްޕެއިޑް ޕްލޭނެއް ތައާރަފު ކޮށްފައި ވެ އެވެ. ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓް ކޮށްލެވޭނެ އެވެ. މީގެ އިތުރުން މުޅިން އަލަށް ތައާރަފު ކޮށްފައިވާ "ވެލިއު ޕެކްސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ އެވެ.
ކޮވިޑް-19ގެ އެންމެ އުނދަގޫ ހާލަތުގައި ވެސް ދިރާގުން އެންމެ ބޮޑު އިސްކަމެއް ދިނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ވާނެ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. ކަސްޓަމަރުންނަށް ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ.
ވޭތުވެދިޔަ އަހަރު ދިމާވި ގޮންޖެހުންތަކަކީ އެންމެންނަށް ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ގެނެސްދީ، ދުނިޔެ މިހާރު އޮތް ހާލަތާއި ކުރިމަގުގައި ދުނިޔެ ބަދަލުވާނެ ގޮތާ މެދު ފުންކޮށް ވިސްނާ ފިކުރުކޮށްލުމަށް ލިބުނު ފުރުސަތަކެވެ. އާންމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ހިދުމަތަކަށް މުވާސަލަތީ ހިދުމަތްތައް ވެފައި ވާއިރު، ދިރާގުން ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައު އަދި ސަރުކާރަށް ދިމާވި ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް މަގުދައްކައި ދިނުމަށް އެންމެ ކުރީސަފުގައި ވަނީ މިސާލު ދައްކައިފަ އެވެ.
މިދިޔަ އަހަރުތަކުގައި ދިރާގުގެ މައި ވިއުގަ އަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ސަބަބުން ޑޭޓާ ޓްރެފިކް ތިން ގުނައާ ގާތަށް އިތުރުވި އިރު ވެސް އެ ޑިމާންޑާ އެއްވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދީ، އަންނަމުންދާ ބަދަލުތަކައި އެއް ބާރުމިނެއްގައި ރައްޔިތުން ވަނީ ގުޅުވައި ދީފަ އެވެ.