16 މެއި 2021 - 09:30

ކޮވިޑް ބަލީގައި އުމުރުން 30 އަހަރުގެ އަންހެނަކު މިއަދު ނިޔާވެއްޖެ އެވެ.
މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 96 ވަނަ މީހާ އެވެ. އަދި އެނގިފައިވާ ގޮތުގައި، މިއީ މިހާ ޒުވާން އުމުރުގައި މި ބަލީގައި މަރުވި ފުރަތަމަ ވެސް މީހާ އެވެ.
އެޗްޕީއޭ އިން ބުނީ އެ މީހާ މަރުވީ 4:30 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.
އޭނާގެ އިތުރުން ރޭ 2:30 ހާއިރު، އުމުރުން 80 އަހަރުގެ މީހަކު ވެސް ވަނީ ނިޔާވެފަ އެވެ. އޭނާ ވެސް ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވެފައިވާ އިރު ސަރުކާރުން މިހާރު ތަންފީޒުކުރަމުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެކެވެ.