އެތައް ހާސް ފިލްމާއި ސީރީޒް ހިމެނޭ އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި، ފުރަތަމަ ތިން މަސް ހިލޭ
އެތައް ހާސް ފިލްމާއި ސީރީޒް ހިމެނޭ އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި، ފުރަތަމަ ތިން މަސް ހިލޭ

ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ މީޑިއާ ކޮންޓެންޓް ޕްލެޓްފޯމް ކަމަށްވާ އައިފްލިކްސް ދިރާގުން މިރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އެތައް ހާސް ފިލްމާއި ސީރީޒް ހިމެނޭ އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި، ފުރަތަމަ ތިން މަސް ހިލޭ
އެތައް ހާސް ފިލްމާއި ސީރީޒް ހިމެނޭ އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި، ފުރަތަމަ ތިން މަސް ހިލޭ

ދިރާގުގެ މައި އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި ހިދުމަތް ތައާރަފްކޮށް ދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ އާއި އައިފްލިކްސްގެ ހެޑް އޮފް ނިއު މާކެޓްސް މާޓިން ޖޮހެންސަން އެވެ.

އެތައް ހާސް ފިލްމާއި ސީރީޒް ހިމެނޭ އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި، ފުރަތަމަ ތިން މަސް ހިލޭ
އެތައް ހާސް ފިލްމާއި ސީރީޒް ހިމެނޭ އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި، ފުރަތަމަ ތިން މަސް ހިލޭ

މި ހަފުލާގައި އިޒަބެލް ވިދާޅުވީ ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ޓެކްނޮލޮޖީއާ ގުޅުންހުރި ދުނިޔޭގެ މަޝްހޫރު ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ. އައިފްލިކްސް ފަދަ ހިދުމަތެއް ރާއްޖެ އަށް ތައާރަފް ކުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"ދިރާގުގެ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލިބޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިރާގުގެ ކަސްޓަމަރުންނަށް މި ހިދުމަތް ފަސޭހަކަމާ އެކު، ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ލިބިގެން ދާނެ،" އިޒަބެލް ވިދާޅުވި އެވެ.

މި ހަފުލާ އަށް ރާއްޖެ ވަޑައިގެންނެވި އައިފްލިކްސްގެ މާޓިން ވިދާޅުވީ ރާއްޖެ އައުމުން އެނގުނު އެންމެ މުހިއްމު އެއް ކަމަކީ ދިވެހިން ޓެކްނޮލޮޖީ އަށް ބަރޯސާވެފައިވާ މިންވަރާއި ސްމާޓްފޯން ފަދަ ޒަމާނީ އާލާތްތައް ދިވެހިން ބޭނުން ކުރާ މިންވަރު ކަމަށެވެ. އެހެންވެ، ރާއްޖެ އަކީ އައިފްލިކްސް ތައާރަފް ކުރަން އެންމެ އެކަށީގެންވާ އެއް ގައުމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ މުވާސަލާތީ ކުންފުނި. އެހެންވެ، ރާއްޖޭގައި ޕާޓްނަޝިޕް ހަދަން އެންމެ ރަނގަޅު ކުންފުންޏަކީ ދިރާގު،" މާޓިން ވިދާޅުވި އެވެ.

ދިރާގުގެ ނެޓްވޯކުގައި އެކަނި ރާއްޖޭގައި ބޭނުން ކުރެވޭ އައިފްލިކްސް ތައާރަފް ކުރުން ފާހަގަކުރުމަށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ގޮތުން، މި ހިދުމަތަށް ސަބްސްކްރައިބް ކުރުމުން، ފުރަތަމަ ތިން މަސްދުވަހު ހިލޭ އައިފްލިކްސްގެ ލައިބްރަރީގައި ހިމެނޭ ހުރިހާ އެއްޗެއް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އައިފްލިކްސް އިން ރާއްޖެ އާއި މެލޭޝިއާގެ އިތުރުން، ތައިލެންޑާއި ފިލިޕީންސާއި އިންޑޮނީޝިއާ އާއި ބްރޫނާއީ އަދި ސްރީ ލަންކާގައި މިހާރު ހިދުމަތް ދެމުން އަންނައިރު، އެ ކުންފުނި ވެފައި ވަނީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން މީޑިއާ ކޮންޓެންޓް ޕްލެޓްފޯމަށެވެ. ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ އައިފްލިކްސް އިން ހޮލީވުޑާއި ބޮލީވުޑް އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ވެސް ފިލްމު އަދި ޓީވީ ސީރީޒްތައް އުފައްދާ ކުންފުނިތަކާ ގުޅިގެން އެތައް ހާސް ފިލްމާއި ޓީވީ ޝޯ ގެނެސްދެ އެވެ. އެ ގޮތުން، މިހާރު އެންމެ މަޝްހޫރު އެއް ސީރީޒް ކަމަށްވާ މިސްޓަ ރޮބޮޓް ބެލެނީ އައިފްލިކްސް އިން އެކަންޏެވެ.

އައިފޯނާއި އެންޑްރޮއިޑް ހިމެނޭ ގޮތަށް ފޯނާއި ޓެބްލެޓާއި ލެޕްޓޮޕާއި ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ އިތުރުން ޓީވީގެ ޒަރީއާ އިން އެއްފަހަރާ ފަސް ޑިވައިސްގައި ބޭނުން ކުރެވޭ އައިފްލިކްސްއާ އެހެން މީޑިއާ ކޮންޓެންޓް ޕްލެޓްފޯމްތަކާ ހުރި މައިގަނޑު ތަފާތަކީ ޑައުންލޯޑުކޮށްގެން ބަލައިލުމުގެ ފުރުސަތު ލިބުމެވެ.