14 މެއި 2021 - 17:26

ރާއްޖެއިން ކޮވިޑު-19 ގައި މިއަދު ހަތަރު ވަނަ މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ އުމުރުން 78 އަހަރުގެ ފިރިހެނަކު މެންދުރު 12:48 ހާއިރު މަރުވެފައިވާ ކަމަށެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އެ ތިން މީހުންގެ ތެރެއިން ރޭ ދަންވަރު 2:24 ގައި އެންމެ ފުރަތަމަ މަރުވީ 64 އަހަރުގެ ފިރިހެނެކެވެ. ހެނދުނު 6:30 ގައި 86 އަހަރުގެ މީހެއް އަދި ހެނދުނު 9:30 86 އަހަރުގެ އަންހެނަކު މަރުވެފައި ވެ އެވެ.
މި ހަތަރު މަރާއެކު، މި މަހު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 18 އަށް އަދި އެ ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 91 އަށް އެރީ އެވެ.
ކޮވިޑުގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވީ މި މަހުގެ ހަ ވަނަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް ފަސް މީހުން މަރުވި އެވެ.
ރާއްޖޭން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުންނަށް ބަލި ޖެހެމުން އަންނަ ދުވަސްވަރު ކަމަށް ވުމުން ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވެ ހޮސްޕިޓަލްތަަކަށް ވަނީ ބާރު ބޮޑުވެފަ އެވެ