ވިދިއާ ބަލަން އަށް "ތުމާރީ ސުލޫ" ގެ ޓީމްގެ އިތުރު ފިލްމެއް
ވިދިއާ ބަލަން އަށް "ތުމާރީ ސުލޫ" ގެ ޓީމްގެ އިތުރު ފިލްމެއް

ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، ވިދިއާ ބާލަންގެ ފިލްމު "ތުމާރީ ސުލޫ" ގެ ޓީމާ އެކު އޭނާ އަނެއްކާ ވެސް އެހެން ޕްރޮޖެކްޓެއްގައ މަސައްކަތްކުރަން ތައްޔާރުވާން ފަށައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ ހަމަ ކުރީގެ ފިލްމާ އެއްގޮތަށް އާންމުންނާ ވަރަށް ގުޅޭ ވާހަކައަކަށް ހަދާ ފިލްމެކެވެ. އެގޮތުން ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް ނިންމާލާފައިވާ އިރު، ބެލުންތެރިން ވަރަށް ލޯބިވާ ކަހަލަ ކެރެކްޓާއެއް ފިލްމުގައި ވިދިއާ ކުޅޭނެ އެވެ.

ނަމާއި ޑައިރެކްޓަރު އަދި އިއުލާންނުކުރާ މި ފިލްމަކީ 2017 ގެ "ތުމާރީ ސުލޫ" ގެ ޕްރޮޑިއުސަރުން ކަމަށްވާ ތަނުޖް ގަރްގް އާއި އަތުލް ކަސްބޭކަރްގެ އެލިޕްސިސް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ.

ހަންގާމާ އިން ބުނި ގޮތުގައި ޝޫޓިން ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމައިލާ ގޮތަށް މަސައްކަތް ރާވާ ފިލްމުގެ މަންޒަރުތައް ނަގާނީ މުމްބާއީގެ އިތުރުން ދެކުނު އިންޑިއާގަ އެވެ.

ސުރޭޝް ތުރިވޭނީ ޑައިރެކްޓްކުރި "ތުމާރީ ސުލޫ" ގައި ވިދިޔާ ކުޅުނީ ރޭގަނޑު ރޭޑިއޯ ސްޓޭޝަނެއްގައި ރޭޑިއޯ ޖޮކީ (އާރްޖޭ) އެއްގެ ގޮތުގައި މަސައްކަތްކޮށްގެން އެހުންތެރން އޭނާގެ އަޑުގެ ޖާދޫގައި ޖައްސާ ގެވެހި އަންބެއްގެ ރޯލެވެ. އެ ފިލްމަކީ ވިދިއާ އަށް އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑް ހަތަރު ވަނަ ފަހަރަށް ލިބުނު ފިލްމެވެ.

ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޝަކުންތަލާ ދޭވީ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ފޮރެސްޓް އޮފިސަރެއްގެ ރޯލުން ފެންނާނެ "ޝޭރުނީ" އެވެ.