ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް
ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް

ކ. ކާށިދޫ އާއި ގާފަރުގައި ބޮޑު މެޑިކަލް ކޭމްޕެއް ބާއްވައިފި އެވެ.

ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް
ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް

ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ހިންގަވާ ފައިސަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މިއަދު ކުރިޔަށް ގެންދިޔަ މެޑިކަލް ކޭމްޕްގައި ދެ ރަށުން 350 އަށްވުރެ ގިނަ މީހުން ބަލައި، ފަރުވާދީފައިވެ އެވެ. މި މެޑިކަލް ކޭމްޕްގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަ ޑޮކްޓަރު އެ ދެ ރަށަށް ދިޔަ އެވެ.

ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް
ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް

ފައިސަލް ނަސީމް "މިހާރު" އާ ވާހަކަދައްކަވަމުން ވިދާޅުވީ ކާށިދޫ އާއި ގާފަރު މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭސްފަރުވާ ހޯދަން ބޮޑު ކަނޑެއް ހުރަސްކުރުމަށް ފަހު މާލެ ދިއުން ކަމަށެވެ. އެހެންވެ އޭނާ މަސައްކަތްކުރައްވަނީ އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމަށް މަސައްކަތް ކުރުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް
ކާށިދޫ އާއި ގާފަރުގައި ފައިސަލް ފައުންޑޭޝަނުން ބޮޑު މެޑިކަލް ކޭމްޕެއް

"އަޅުގަނޑަށް ވަރަށް ގިނައިން އަންނަ ޝަކުވާއެއް ރަށުގައި ހުރެގެން ރަނގަޅު ސިއްހީ ހިދުމަތެއް ނުލިބިގެން ފަރުވާ ހޯދަން ދިގު ދަތުރެއް ކުރުމަށްފަހު ފަހު މާލެ ދިއުމަކީ. އެހެންވެ އަޅުގަނޑު މި މަސައްކަތްކުރަނީ އިތުބާރު ހިފޭ ރަނގަޅު ޑޮކްޓަރު ގޮވައިގެން އައިސް މި ދެ ރަށުގެ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް،" ކާށިދޫގައި ހުންނަވައިގެން ފޯނުން ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެ ދެ ރަށުގައި ހަ މެޑިކަލް ކޭމްޕް ބާއްވާފައިވާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ގާފަރުގައި މާބަނޑު އަންހެނުންތަކެއް މިއަދު ސްކޭންކޮށްފައިވާކަން ވެސް މެމްބަރު ފައިސަލް ފާހަގަކުރެއްވި އެވެ.

"މިފަހަރު ވެސް އަޅުގަނޑު މިއައީ އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރަކާއި ކުޑަކުދިންގެ ދެ ޑޮކްޓަރަކާއި ސްކޭން ޑޮކްޓަރެއް އަދި ލޮލުގެ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ގޮވައިގެން. ގާފަރުން އެކަނި ވެސް 130 މީހުން އެ ޑޮކްޓަރުން ބެލި. އޭގެ ތެރޭގައި މާބަނޑު އަންހެނުންނާއި ކުޑަކުދިން ވެސް ވަރަށް ގިނަ،" ފައިސަލް ވިދާޅުވި އެވެ.

އެ ދެ ރަށުގެ ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފައިސަލް ފައުންޑޭޝަނުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދީފަ އެވެ. އެގޮތުން ގާފަރުގެ ސިއްހީ މަރުކަޒަށް 8 އެނދުގެ މެޑިކަލް ވޯޑެއް ވެސް އެ ފައުންޑޭޝަނުގެ ހަރަދުގައި ތަރައްގީކޮށްދީފައިވެ އެވެ.