13 މެއި 2021 - 16:36

މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު އެއް ހަފުތާ އަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑު-19 ފެތުރުން ކޮންޓްރޯލްކުރަން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށެވެ.
ނަމަވެސް އެ މުއްދަތުގައި އިމްތިހާނުތައް އޮންނާނެ ކަމަށް ބުންޏެވެ.
ކޮވިޑް ބަލީގެ ހާލަތު ބޮއްސުންލައިގެން ދިއުމުން މިދިޔަ ހަފުތާގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ވެސް މާލެ ސަރަހައްދުގެ ސްކޫލުތައް އެތައް ފަހަރަކު ބަންދުކުރި އެވެ.