13 މެއި 2021 - 14:05

މިޔުނިކް (13 މެއި) - އެފްސީ ބާސެލޯނަގައި، ރޮނަލްޑް ކޫމަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަަސައްކަތް ކުރާ ހޮލެންޑްގެ އަލްފްރެންޑް ޝުރޫޑާ ގެންދަން ބަޔާން މިއުނިކްގެ ކޯޗު ކަމާ އަންނަ ސީޒަންގައި ހަވާލުވާ ހޫލިއަން ނާގެލްސްމަން މަސައްކަތް ފަށައިފި އެވެ.
ރެޑްބުލް ލައިޕްޒިގްގެ މިހާރުގެ ކޯޗު، ނާގެލްސްމަން ބަޔާންގެ ޓީމަށް ބަދަލު ވާއިރު އޭނާއާއެކު ވަރުގަދަ ކޯޗިން ޓީމެއް ގެންގުޅެން ނާގެލްސްމަން ބޭނުން ވެއެވެ.
ނާގެލްސްމަން އާއި ޝުރޫޑާ މީގެ ކުރިން ވަނީ ހޮފެންހައިމްގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެ ދެ މީހުންގެ ހިއްސާ އާއެކު 2016-2017 ގެ ސީޒަންގައި ޔޫއެފާ ޗެމްޕިއަންސް ލީގަށް ހޮފެއިންހައިމް ކޮލިފައި ކޮށްދިނެވެ.
ކޫމަން އެކޭ އެއްގޮތަށް ޝުރޫޑާ އާއެކު ބާސާއިން ހެދި ކޮންޓްރެކްޓްގައި ވެސް އަދި ބާކީ އެއް އަހަރު އެބައޮތެވެ.
ބަޔާންގެ މިހާރުގެ ކޫޗް ހަންސީ ފްލިކް މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަން ދޫކޮށްލާނެ އެވެ. ބާސާގައި ކޫމަންގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފެދިިފައި ވާއިރު އެ ޓީމުގެ ކޯޗަކަށް ފްލިކް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އީއެސްޕީއެން ބުނެ އެވެ.
ނަމަވެސް ފްލިކްގެ މަންދޫބުން ބާސާއަށް އަންގާފައި ވަނީ ޖަރުމަންގެ ކޯޗަކަށް ވުމަށް ފްލިކް އާއެކު ޖަރުމަންގެ އެފްއޭއިން އެއްބަސްވުމަކާ ހަމައަށް ދިއުމަށް ގާތުގައިވާ ކަމަށެެވެ.