12 މެއި 2021 - 21:33

މާލެ އާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތައް މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން މެދުކަނޑާލަން އެމްޕީއެލުން މިއަދު ނިންމައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ހިދުމަތްތައް މާދަމާ މެދުކަނޑައިލި ނަމަވެސް ޖެހިގެން އަންނަ ހުކުރު ދުވަހުން ފެށިގެން އަނެއްކާ ވެސް ހިދުމަތް ފަށާނެ ކަމަށެވެ.
އެމްޕީއެލުން ވަނީ މި ރޯދަމަހު ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ހުކުރު ދުވަސްތަކުގައި އެ ކުންފުނިން ވަނީ ހިދުމަތް ދީފަ އެވެ. މިގޮތަށް ހިދުމަތަށް ބަދަލު ގެނައީ ރޯދަމަހު ގެންނަ މުދާ އެހެން މަސްތަކާ އަޅާ ބަލާއިރު ގިނަވުމުންނެވެ.
އެމްޕީއެލުން ގެނައި މި ބަދަލުތަކުގެ ސަބަބުން އެހެން އަހަރުތަކުގެ ރޯދަ މަސްތަކާ ހިލާފަށް މި ރޯދަމަހު މުދާ ކްލިއާ ކުރުން ލަސްވުމުގެ މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.