12 މެއި 2021 - 19:35

އުރީދޫން ކޮންމެ އަހަރަކު ބާއްވާ އީދު ޝޯ، މި އަހަރު ވެސް ޑިޖިޓަލްކޮށް ބާއްވަން ނިންމައިިފި އެވެ.
މި ޝޯ އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 9:00 ގައި ޔޫޓިއުބް މެދުވެރިކޮށެވެ. އުރީދޫގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ވެސް ޝޯ ބަލާލެވޭނެ އެވެ.
މިއުޒިކްގެ ތަފާތު ހަރަކާތްތައް ގެނެސްދޭ މި އަހަރުގެ ޝޯގައި ވެސް މަޝްހޫރު ފަންނާނުންގެ ހަރަކާތްތައް ފެންނާނެ ކަމަށް އުރީދޫން ބުނެ އެވެ. މީގެ ތެރޭގައި ޒަކިއްޓެ އާއި ޝަންމޫނާއި ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެ އެވެ.
މި ފަހަރުގެ އީދު ޝޯ ވެސް ޑިޖިޓަލްކޮށް ބާއްވަން އުރީދޫން ނިންމީ ކޮވިޑް-19ގެ ސަބަބުން އެއްވެ އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެވެ.
އެ ކުންފުނިން ބުނީ، އީދު ޝޯ ޑިޖިޓަލް ކުރީ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން އުފާވެރި އަދި ކުލަގަދަ އީދެއް ފާހަގަކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކަމަށެވެ.
އުރީދޫގެ އީދު ޝޯ ore.do/eidshow މެދުވެރިކޮށް ވެސް ބަލައިލެވޭނެ އެވެ.