ވަޒީރެއްގެ ގޮތުގައި ނަން އޮތީ މަހުލޫފުގެ އެކަނި
ވަޒީރެއްގެ ގޮތުގައި ނަން އޮތީ މަހުލޫފުގެ އެކަނި

މަޖިލިސް މެމްބަރުންގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ހައުސިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް އެ ލިސްޓްގައި އެބަ އޮތް.

ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދުގެ ނަން މި ލައިވްގައި ޖެހުނީ އޮޅުމަކުން.

ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންނަނަކީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (އެމްޑީޕީ) އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ (އެމްޑީޕީ) އާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ޕީޕީއެމް) އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ޕީޕީއެމް) އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް، ޕީޕީއެމް) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ) އާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން (ޕީޕީއެމް) އާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ޕީޕީއެމް) އާއި ވިލިނގިލި ދާއިރާގެ މެމްމަބަރު ސައުދު ހުސައިން އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ޕީޕީއެމް) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން (ޖޭޕީ).

މި ލިސްޓްގައި ބުނެފައިވާ ގޮތުން، މިއީ އަދި ތަހުގީގު ވެސް ނުނިމޭ ލިސްޓެއް. ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ ނަމާ ދިމާލުގައި މައުލޫމާތު އެއްކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް އޮތީ ޖަހައިފައި. މަޖިލީހުން މި ލިސްޓް އާންމުކުރީ، އެ މީހުންގެ ނަން އާންމުކުރިޔަސް ތަހުގީގަށް އެޅިދާނެ ހުރަހެއް އޮތް ކަމަށް ނުބެލެވޭތީ. އަދި މި ލިސްޓްގައި ނަން ހިމެނުނަސް މިއަދު ބޭއްވި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެކި މީހުން މިކަމުގައި ބައިވެރިވެފައި ވަނީ އެކި ގޮތަށް. އޭގެ ތެރޭގައި، ޑޮލަރު ގަތް މީހުން ވެސް ހިމެނޭ. ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކުށެއް ނޫން.

މިހާރު ތިއްބެވި ވަޒީރުންގެ ތެރެއިން ލިސްޓްގައި ނަން ހިމެނެނީ ހަމައެކަނި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަން އެކަނި. އޭނާގެ މައްސަލަ މިހާރު އޮތީ ދައުވާކުރަން ފޮނުވުމުގެ މަރުހަލާގައި ކަމަށް ލިސްޓްގައި ވަނީ ފާހަގަކޮށްފައި.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ނަން ވެސް ހިމެނޭ.

އައްޑޫ މޭޔަރު ކަމަށް ހޮވި ވަޑައިގެންފައިވާ އަލީ ނިޒާރުގެ ނަން ވެސް ލިސްޓްގައި ހިމެނޭ. އޭނާ އަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް.

އާންމުކުރި ލިސްޓްގައި ޕީޖީ ހުސެއިން ޝަމީމްގެ ނަމެއް ނެތް. އެކަމަކު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން އެބައޮތް. ހަސަން ޒިޔަތު އަށް ލިބިފައިވާ ފައިސާ އަކީ ރައްޔިތުންގެ މަޖިލިސްގެ ކެމްޕޭނަށް ލިބިފައިވާ ފައިސާ.

މި ދެ ލިސްޓްގައި ވެސް ހިމެނެނީ ހަމައެކަނި ނަންތައް. އެ ފައިސާ ލިބިފައި ވަނީ ކޮންކޮން ގޮތަކަށްތޯ، އަދި އެއީ ކިހާވަރެއްކަން އެނގޭކަށް ނެތް. އެކަމަކު އެއީ ކޮންކޮން ތަންތަނެއްގައި ވަޒީފާ އަދާކުރާ މީހުންކަން އެނގެން އޮތް.

މަޖިލީހުން ވަނީ ދެ ލިސްޓެއް އާންމުކޮށްފައި. އެއީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓް.

ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުންގެ ތެރެއިން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ 119 މީހެއްގެ ނަމާ އެކު ރައްޔިތުންގެ މަޖިލީހުންް ދެންމެ ލިސްޓް އާންމުކޮށްފި އެވެ.

(ތަފުސީލު އަންނަނީ)