ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑަށް އާ ކޮންޓެންޓް!
ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑަށް އާ ކޮންޓެންޓް!

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗާ ނުވަތަ ވީއޯޑީ އަށް މުނިފޫހިފުލުވުމާއި ދީނީ މުޅިން އާ ކޮންޓެންޓް ތައާރަފު ކޮށްފި އެވެ.

އާ ކޮންޓެންޓްތަކުގެ ތެރޭގައި އާންމުންގެ މަގުބޫލު ކަން ހޯދާފައިވާ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓޯކްޝޯ "އަޒޯނާ" ވެސް ހިމެނެ އެވެ. މި ޝޯ އަކީ މަޝްހޫރު ފިލްމީ ތަރިންނާއި، ލަވަކިޔުންތެރިން ގެނެސްގެން އެ މީހުންނާ ގުޅޭގޮތުން މީގެ ކުރިން އަޑު ނީވޭ އެތައް ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޝޯ އެކެވެ.

މޭކަޕް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ހުނަރުވެރި މޭކަޕް އާޓިސްޓް، ރުތުބާގެ "މޭކަޕް ބައި ރުތްބާ" ޝޯ ވެސް ވަނީ އާ ކޮންޓެންޓަށް އިތުރުކޮށްފަ އެވެ. މި ޝޯއިން މޭކަޕް ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި ބޭނުން ކުރަން ޖެހޭ ތަފާތު އާލާތްތަކާ ބެހޭ މައުލޫމާތު ގެނެސްދޭނެ އެވެ.

މީގެ އިތުރުން، "އިސްލާމީ ނޫރު" މި ނަމުގައި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވަރަށް ހާއްސަ ޝޯ އެއް ވެސް ވަނީ އިތުރުކޮށްފަ އެވެ. މި ޝޯ ގެނެސްދެއްވަނީ ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޝެއިހު މުހައްމަދު އައްލަމް ނައީމެވެ.

ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ފީޗާއެކެވެ. ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ ހޯމް ސްކްރީންގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް އިތުރު ހަރަދަކާ ނުލާ ބަލައިލެވޭނެ އެވެ. ދިރާގު ޕްލޭ އެޕުން ވެސް ދިރާގު ޓީވީގެ ވީއޯޑީގެ ހުރިހާ ކޮންޓެންޓެއް އިތުރު ހަރަދަކާ ނުލައި ބަލައިލެވޭނެ އެވެ.

ދިރާގުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދިރާގު ޓީވީން ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް މެދުވެރިކޮށް ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.

މި ދުވަސްވަރު ހާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި 20 ފަރާތަކަށް ހަ މަހުގެ، މަހު ފީ ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީގެ މެދުވެރިކޮށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމަކުން ބަލައިލެވޭނެ އެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ދިރާގު ޓީވީގައި ހިމެނެ އެވެ. ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.