ހަނިމާދޫ އެއާޕޯޓު މަޝްރޫއު ދެ އަހަރުން ނިންމަން ޖުލައި މަހު ހަވާލުކުރަނީ
ހަނިމާދޫ އެއާޕޯޓު މަޝްރޫއު ދެ އަހަރުން ނިންމަން ޖުލައި މަހު ހަވާލުކުރަނީ

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ޖުލައި މަހު ކޮންޓްރެކްޓްގައި ސޮއިކުރަން ނިންމައިފި އެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއު ދެ އަހަރުން ނިންމަން ޖުލައި މަހު ހަވާލުކުރަނީ
ހަނިމާދޫ އެއާޕޯޓު މަޝްރޫއު ދެ އަހަރުން ނިންމަން ޖުލައި މަހު ހަވާލުކުރަނީ

އިންޑިއަން ހައި ކޮމިޝަނުން އާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުން މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. މި މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވެ އެވެ.

ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް މެއި މަހު ފަހުކޮޅު ނިމޭނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ. އެއަށްފަހު ދެން ކުރިއަށްގެންދާނީ ޓެންޑާ މަރުހަލާ އެވެ. މި މަސައްކަތަށް ފަހު މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ. މި ޕްރޮޖެކްޓް ހަވާލުކުރާތާ ދެ އަހަރު ތެރޭގައި ނިިންމާލެވޭނެ ކަމަށް ލަފާކުރެ އެވެ.

މި ޕްރޮޖެކްޓަށް 85 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް އަގު މުޅިން ފައިނަލް ވާނީ ސަރުކާރުގެ ފަރާތުން މަޝްރޫއުއަށް ހުށަހަޅާ ޓެންޑާ އިވެލުއޭޓް ކުރުމަށް ފަހު އެވެ.

މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އެވެ. އެ ކުންފުނިން މިހާރު ވަނީ ޕްރޮޖެކްޓްގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓްގެ މަސައްކަތް ފުރިހަމަކޮށްފަ އެވެ. މިކަން ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ހިލޭ އެހީގަ އެވެ.

ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުން އެއާޕޯޓުގައި 2،460 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ. އަދި 58،000 އަކަމީޓަރުގެ އޭޕްރަންއެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި އިމާރާތްކުރާ ޓާމިނަލްގެ ޑިޒައިން ވަރަށް ތަފާތުވެފައި ފުރިހަމަވާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. މިތަނުގެ ޑިޒައިނުން ފެންނާނީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކެވެ. އެގޮތުން ޓާމިނަލް އިމާރާތް ހުންނާނީ މަޑިއެއް ސިފަވާ ހެންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ 800 މިލިއަން ޑޮލަރުން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑު އަށް މަޝްރޫއުއެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ފައިސާ އަނބުރާ ދައްކަން ޖެހޭނީ 1.75 ޕަސެންޓް އިންޓްރެސްޓާ އެކު އެވެ. މި ފައިސާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.