އޯނާޝިޕްގައި އޮތް ދެ ވަނަ ކްލަބު ވެސް ޕްރޮމޯޓްވެ ލާޒިއޯގެ ރައީސަށް މަޖުބޫރީ ހާލަތެއް
އޯނާޝިޕްގައި އޮތް ދެ ވަނަ ކްލަބު ވެސް ޕްރޮމޯޓްވެ ލާޒިއޯގެ ރައީސަށް މަޖުބޫރީ ހާލަތެއް

ރޯމް (11 މެއި) - ލާޒިއޯގެ ރައީސް ކްލައުޑިއޯ ލޮޓީޓޯގެ އޯނާޝިޕްގައި އޮންނަ ދެ ވަނަ ކްލަބު، ސެލާނިޓާނޯ ސެރީ އާ އަށް ޕްރޮމޯޓް ވުމުން، ދެ ކުލަބުގެ ތެރެއިން ކޮންމެވެސް އެއް ކްލަބެއް ވިއްކާލަން އޭނާ އަށް މަޖުބޫރު ވެއްޖެ އެވެ.

ސެރީ އާ ޓީމުތަކަށް ކްލަބު ލައިސެންސަށް އެދޭއިރު އެއް އޯނަރެއް ހިންގާ ދެ ކްލަބަކަށް އެ މުބާރާތުން ފުރުސަތެއް ނުދޭނެ އެވެ. އިޓަލީގެ ދެ ވަނަ ޑިވިޝަންގައި ވާދަ ކުރަމުން އައި ކްލަބު ސެލާނިޓާނޯ ވަނީ އަންނަ ސީޒަންގެ ސެރީ އާ އަށް ކޮލިފައި ވެފަ އެވެ. އެހެންމަވެސް އެ ކްލަބާއި ލާޒިއޯއަށްވެސް ސެރީ އާއިން ފުރުސަތު ލިބެނީ ދެ ކްލަބުގެ ތެރެއިން ކޮންމެވެސް އެއް ކްލަބެއް ލޮޓީޓޯ ވިއްކާލުމުންނެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވީ، އެއީ ފީފާގެ ގަވާއިދެއް ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އަމަލުކުރާ ގޮތަށް ހަމަޖެހިފައިވާ އުސޫލެއް ކަމަށެވެ.

"ރައީސް ލޮޓީޓޯ މިނިވަން ކަމާއެކު ދެ ކްލަބު ހިންގަމުގައި ގިނަ އަހަރުތަކެއް ވޭތުކޮށްފި. މިހާހިސާބުން ވާންވީ ގޮތް އެންމެންނަށްވެސް ސާފު،" ގްރަވީނާ ވިދާޅުވި އެވެ. "ގަވާއިދު ވަރަށް ސާފު އޭނާގެ އޯނާޝިޕްގެ ދަށުން ދެ ކްލަބެއް ކުރިއަށް ނުގެންދެވޭނެ، އެހެން ނުވެއްޖެ ނަމަ ސެލާނިޓާނޯއަށް ސެރީ އާ އިން ފުރުސަތެއް ނުލިބޭނެ."

ވިއްކާލާނީ ލާޒިއޯ ތޯ ނުވަތަ ސެލާނިޓާނޯ ތޯ ނިންމަން ލޮޓީޓޯއަށް އޮތީ 30 ދުވަހެވެ.