އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ؛ ކުޑަކުދިންނާ އެކު 21 މަރު
އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ؛ ކުޑަކުދިންނާ އެކު 21 މަރު

އިޒްރޭލުން ރޭ ގާޒާއަށް ބޮން އަޅައި 21 މީހުން ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ؛ ކުޑަކުދިންނާ އެކު 21 މަރު
އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ؛ ކުޑަކުދިންނާ އެކު 21 މަރު

ގާޒާގެ ހެލްތު މިނިސްޓްރީން އަލްޖަޒީރާ އަށް ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ހަަމަލާތަކުގައި ޝަހީދުވި 21 މީހުންގެ ތެރޭގަައި ކުޑަކުދިން ވެސް ހިމެނެ އެވެ. އިޒްރޭލުންް ގާޒާއަށް ބޮން އަޅަން ފެށީ އެ ސިޓީ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަަމަލާތަކެއް ފޮނުވައިލުުމުންނެވެ.

އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ؛ ކުޑަކުދިންނާ އެކު 21 މަރު
އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ؛ ކުޑަކުދިންނާ އެކު 21 މަރު

ހަމާސް އިންް އިޒްރޭލަށް ރޮކެޓުން ހަމަލާ ދިނީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެެގެންވާ އަގްސާ މިސްކިތުގައި ހިންގަމުންދާ ހަމަނުޖެހުން ހުއްޓާނުލައިފި ނަމަ ހަމަލާދޭނެ ކަމަށް ބުނެ، ހަމާސް އިން ދިން އިންޒާރުގެ މުހުލަތު ހަަމަވުމުންނެވެ. މުސްލިމުންގެ ތިން ވަނަ ހަރަމްފުޅު ކަަމަށްވާ އަގްސާގައި އިޒްރޭލު ސިފައިން ރޭ ހިންގި ހަމަނުޖެހުންތަކުގައި ވެސް ފަލަސްތީނުގެ 300 އަަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި އެވެ.

ގުދުސްގައި އިޒްރޭލުން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

ބޮންއެޅުމަށް ފަހު އިޒްރޭލުން ބުނީ އެ މީހުން ހަމަލާދީފައި ވާނީ ގާޒާގެ އަސްކަރީ އަމާޒުތަކަކަށް ކަމަށެވެ. އެފަދަ 130 އަމާޒަކަށް ހަމަލާދީފައިވާނެ ކަމަށާއި އެ ހަމަލާތަކުގައި 15 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

އެއްގަމާއި ކަނޑުން ހިސާރުކޮށްފައިވާ ގާޒާއަށް ބޮން އަޅާ ކޮންމެ ފަހަރަކު ވެސް، ހަމަލާ ދިނީ އަސްކަރީ އަމާޒުތަކަށް ކަމަށާއި މަރުވީ ހަނގުރާމަވެރިން ކަމަށް އިޒްރޭލުން ބުނެ އެވެ. ބޮން އެޅުމުން މަރުވި ކަމަށް އިޒްރޭލުން ބުނާ 15 މީހުންނަކީ މަރުވި ކަަމަށް، ގާޒާ ހެލްތު މިނިސްޓްރީން 21 މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމެއް ނޭނގެ އެވެ. ގާޒާގެ ލިސްޓުގައި ގިނަ އަދަދެއްގެ ކުޑަކުދިންް ވެސް ހިމެނެ އެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި އިޒްރޭލުން ރޭ ގާޒާއަށް ދޭން ފެށި ހަަމަލާތައް އަދިވެސް ހުއްޓައެއް ނުލަ އެވެ.

އިޒްރޭލުން މިފަހަރު ފަލަސްތީނު މީހުންނާ ދެކޮޅަށް ދޭން ފެށި ހަމަލާތައް ފެށުނީ އިރުމަަތީ ގުދުސްގެ ޝައިޚު ޖައްރާހް ނަަމަކަށް ކިޔާ ސަރަހައްދުގައިވާ ދިރިއުޅޭ ފަލަސްތީނުގެ އަށް އާއިލާއެއް އެ މީހުންގެ ގެދޮރުން ނެރެ، އެތަންތަނަށް ޔަހޫދީން ވައްދަން އިޒްރޭލު ފުލުހުން ފެށި މަސައްކަތަކާ ފަލަސްތީނު މީހުން ދެކޮޅު ހެދުމުންނެވެ.

އެކަމާ ދެކޮޅު ހަދައި އެ ސަރަހައްދުގައި މުޒާހަރާކުރަން ފެށި ފަލަަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބާރުގެ ބޭނުންުކުރަމުންނެވެ. ފަލަސްތީނު މީހުންގެ ގެތައް ހުސްކުރަން ކުރާ އެ މަސައްކަތްތައް ކުރިއަށްދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ގުދުސުން ފަލަސްތީނު މީހުން ހުސްކުރަން އިޒްރޭލުން ކުރާ އެ މަސައްކަތާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ބައްދަލުވުމެއް ބޭއްވި ނަމަވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޝައިޚު ޖައްރާހަކީ އިރުމަތީ ގުދުސްގެ ދިމިޝްގު ދޮރާއްޓާ 500 ވަރަކަށް މީޓަރު ދުރުގައި އޮންނަ އަވަށެކެވެ. ގަދީމީ ގެތަކެއް ހުންނަ، ގަސް ގިނަ އެ އަވަށަކީ އިރުމަތީ ގުުދުސުން ފަލަސްތީނު މީހުން ހުސްކުރަން އިޒްރޭލުން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ރަމްޒެކެވެ. އެ އަަވަށުގައި އިޒްރޭލުން ޝޮޕިން ކޮމްޕްލެކްސްތަކާއި ފޮރިން ކޮންސިއުލޭޓްތައް އެޅި ނަމަވެސް ގިނަ ގެތަކުގައި ދިރިއުޅެނީ ފަލަސްތީނު މީހުންނެވެ.

އެކަމަކު އެ ގެތައް މިހާރު ހުސްކޮށް، ޔަހޫދީންނާ ހަވާލުކުރަމުން ގެންދަނީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމުގެ ކުރިން ވެސް އެ ގެތަކުގައި އުޅުނީ ޔަހޫދީން ކަމަށް ބުނެ އިޒްރޭލުގެ ކޯޓުތަކުން ނެރޭ އަމުރުތަކަކުންނެވެ. އެއީ އިރުމަތީ ގުދުސުން ފަލަސްތީނު މީހުން ހުސްކުރަން ރާވައިގެން ހިންގާ ޖަރީމާއަކަށް ވިޔަސް، އިޒްރޭލުން އުޅެނީ އެއީ ރިއަލްއެސްޓޭޓް ޑިސްޕިއުޓެއް ކަަމަށް ދައްކަން ވެގެންނެވެ.