ކޮވިޑް ކޭސްތައް ދުވަހަކު ނުދާހާ މައްޗަށް، 1،204 ކޭސް
ކޮވިޑް ކޭސްތައް ދުވަހަކު ނުދާހާ މައްޗަށް، 1،204 ކޭސް

ކޮވިޑް-19އަށް 1،204 މީހަކު ޕޮޒިިޓިވްވެ، މިއިން ދުވަހަކު ބަލީގެ ހާލަތު ގޯސް ނުވާވަރަށް ގޯސްވެއްޖެ އެވެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް މާލޭން 961 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދު ވެސް 235 އަށް އަރައި، ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަހެވެ. އެޗްޕީއޭ އިން އިއްޔެ ރޭ އާއްމު ކުރި ރެކޯޑްތައް ވެސް ހާހުން މައްޗަށް އެރި ނަމަވެސް، އެއީ ދެ ދުވަސް ކުރީގެ ކޭސްތަކާ އެކު ޖުމުލަ އަދަދެވެ.

މިހާރު ރާއްޖޭން ބަލި ޖެހިފައިވާ މީހުންގެ އަދަދު 10،376 އަށް އެރީ އެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 244 އަށް ވަނީ އަރައިފަ އެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 238 ކުއްޖެއް ހިމެނެ އެވެ. އަދި އުމުރުން 65 އަހަރުން މަތީގެ 36 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.