10 މެއި 2021 - 20:22

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެ ކުންފުނިން އެދިއްޖެ އެވެ.
އުރީދޫގެ ހިދުމަތްތައް އެ ކުނފުނީގެ މައި އުރީދޫ މޯބައިލް އެޕްލިކޭޝަނުންނާއި ޑިޖިޓަލް ސެންޓަރުތަކުން 24 ގަޑިއިރު ލިބޭނެ އެވެ.
މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިޕެއިޑް ރިޗާޖްކުރުމާއި އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުމާއި ކަސްޓަމާ ސާވިސް ހިދުމަތާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރުމުގެ ހިދުމަތް ހިމެނެ އެވެ. އަދި އެމް ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވމުގެ އިތުރުން "މޫލީ" މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.
އުރިދޫގެ ޑިޖިޓަލް ސެންޓަރުތަކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ބިލްތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނެ އެވެ. މި ސެންޓަރުތަކަކީ ކޮވިޑް-19އާ ގުޅިގެން ގައިދުރުކަން ބެހެއްޓުމަށް އެއްބާރުލުން ދިނުމަށް ފަހަރަކު މީހަކަށް ހިދުމަތް ލިބޭގޮތަށް ހަދާފައިވާ ސެންޓަރުތަކެކެވެ.
އުރީދޫން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި މިހާތަނަށް ޑިޖިޓަލް ސެންޓަރުތައް ހުޅުވާފަ އެވެ. މީގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ފުވައްމުލަކާއި ހދ. ކުޅުދުއްފުއްޓާއި ލ. ގަން، ސ. ހިތަދޫ އަދި ގދ. ތިނަދޫ ހިމެނެ އެވެ.
ޑިޖިޓަލް ސެންޓަރާއި މައި އުރީދޫ އެޕްލިކޭޝަނުން ނުލިބޭ ހިދުމަތްތައް ހޯދަން[email protected]އަށް މެއިލްކޮށްލުމުން އެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.