10 މެއި 2021 - 12:27

މުމްބާއީގައި ދިރިއުޅުއްވާ ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަކްޝޭ ނައިރު މިދިޔަ ހޮނިހިރު ދުވަހު މަޑުކުރައްވައިގެން ހުންނެވީ ތިން ހަފުތާކުރިން ކޮވިޑް ޖެހުނު، އުމުރުން 25 އަހަރުގެ އަންހެނެއްގެ އޮޕަރޭޝަނަށެވެ. އޭރު ވެސް އީއެންޓީ ސްޕެޝަލިސްޓެއް ގެންދަވަނީ ތިއޭޓަރުގައި އެ އަންހެންމީހާގެ އޮޕަރޭޝަނެއް ކުރަމުންނެވެ. އެ މީހާ އަކީ ހަކުރުބަލި ވެސް ހުން މީހެކެވެ.
އީއެންޓީ ޑޮކްޓަރު އޭރު ކުރައްވަމުން ގެންދެވި މަސަައްކަތްތަކީ އަންހެންމީހާގެ ނޭފަތަށް ހޮޅިއެއް ލައްވައިގެން ނޭފަތްތެރޭން ޓިޝޫތަކެއް ނެގުމުގެ މަަސައްކަތެވެ. ނަގަން ޖެހުނީ ވަރަށް މަދުން ފެންނަ، ފަންގަލް އިންފެކްޝަނެއްކަަށްވާ މާކޯމިއުކޯސިސްގެ އަސަރުކޮށްފައިވާ ޓިޝޫތަކެކެވެ.
ޑރ. ނައިރާ އެއް ހޮސްޕިޓަަލެއްގައި މަަސައްކަތްކުރައްވާ އެ ޑޮކްޓަރުގެ މަސައްކަތް ނިމުމުން، ނައިރު ކުރައްވަން އޮތީ ތިން ގަޑިއިރުގެ އޮޮޕަރޭޝަނެކެވެ. އެއީ ބަލިމީހާގެ ދެލޯ ނެގުމަށެވެ.
"އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަޅުގަނޑު ނަގާނީ އޭނާގެ ލޯ، މިއީ މިބަލީގައިވާ ގޮތް،" އޭނާ ބީބީސީއަށް ވިދާޅުވި އެވެ.
އިންޑިއާއަަށް ކޮވިޑްގެ ދެވަނަ ރާޅެއް ބިންދާލާފައި ވާއިރު، ނުރައްކާތެެރި މިބަލި ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަަމަށް ޑޮކްޓަރުން ރިޕޯޓްކުރެ އެވެ. "ބްލެކް ފަންގަސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ބަލި މިހާރު އާއްމުކޮށް ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ބަލިފަސޭހަވަމުން އަންނަ މީހުންނާއި މުޅިން ފަސޭހަވެފައިވާ މީހުންނަށެވެ.
މިއުކޯމައިކޯސިސް އަކީ އާއްމުގޮތެއްގައި ބިިންމަތީގަ އާއި ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ވަރަށް މަދުން ފެންނަ، އެހެން ނަަމަވެސް ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މިއުކޯ މޫލްޑް ނަަމަކަށް ކިޔާ އެބާވަތުގެ ފަންގަސް، ސިއްހަތު ރަނގަޅު މީހެއްގެ ނޭފަތުގެ ތެރޭގައި ވެސް ހުރެދާނެ އެވެ. އަދި އެއީ ވައިގެ ތެރޭގައިި ވެސް އުޅެފާނެ އެއްޗެކެވެ.
އެ ފަންގަސް ގެއްލުންދެނީ ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެއަށެވެ.
ޑރ. ނައިރު ވިދާޅުވާ ގޮތުގައި އެއީ ހަކުރުބަލީގެ މީހުންނާއި ކެންސަރާއި އެއިޑްސް ފަދަ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާ ބައްޔެެއްކެވެ. އެ ބައްޔަކީ އެ ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައިމީހުން އެބަލީގައި މަރުވާ، ނުވަތަ މޯޓަލިޓީ ރޭޓް 50 ޕަސެންޓްގައި އުޅޭ ބައްޔެކެވެ.
ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި އިންޑިއާގައި މިހާރު އެ ބަލި އިތުރުވެގެން އުޅެނީ ކޮވިޑްގައި ހާލުބޮޑުވާ މީހުންނަށް ފަރުވާކުރުމުގައި ސްޓިރޮއިޑް ބޭނުންކުރާތީ އެވެ. ސްޓިރޮއިޑަކީ ފުއްޕާމޭ ދުޅަވުން ކުޑަކުރުމަށް ބެނުންކުރާ އެއްޗެކެވެ. ކޮވިޑްގެ ބަލިމީހުންނަށް އެ ދެނީ ކޮވިޑާ ހަނގުރާމަކުރުމަށް އެ މީހުންގެ ދިފާއީ ނިޒާމު އާދަޔާ ހިލާފަށް ގަދައަށް މަސައްކަތްކުރުމުގެ ގެއްލުން ކުޑަކުރުމަށެވެ.
އެގޮތުން އެއީ ދިފާއީ ނިޒާމު ބަލިކަށިވެސް ކޮށްލާ އެއްޗެކެވެ. ގަބޫލުކުރެވޭ ގޮތުގައި އިންޑިއާގައި މިއުކޯމައިކޯސިސް ގިނަވީ އެހެންވެ އެވެ.