ތަގްސް އޮފް ހިންދުސްތާން ނުފެށެނީސް އަރާރުމެއް
ތަގްސް އޮފް ހިންދުސްތާން ނުފެށެނީސް އަރާރުމެއް

ޔާޝްރާޖް ފިލްމްސްގެ ކުޑައިގެ ދަށުން އުފައްދާ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ވެސް ނުފެށެނީސް އާމިރު ޚާނާއި ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާގެ މެދުގައި އަރާރުމެއް ފެށިއްޖެ އެވެ.

ތަގްސް އޮފް ހިންދުސްތާން ނުފެށެނީސް އަރާރުމެއް
ތަގްސް އޮފް ހިންދުސްތާން ނުފެށެނީސް އަރާރުމެއް

މި އަރާރުމުގެ ސަބަބަކަށް ވެފައި ވަނީ އާލިއާ ބަޓް އާއި ވާނީ ކަޕޫރެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ "ދޫމް 3" ވެސް ޑައިރެކްޓްކުރި ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ. މި ފިލްމުން އަމީތާބު ބައްޗަން އާއި އާމިރު ޚާން ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

އަދިތުޔާ ޗޯޕްރާ ބޭނުންވަނީ މިފިލްމުގެ ބަތަލާއަކަށް އޭނާ މިހާރު ޑައިރެކްޓްކުރާ "ބޭފިކްރޭ"ގެ ބަތަލާ ވާނީ ކަޕޫރު ލުމަށެވެ. ނަމަވެސް އާމިރު ޚާން ބޭނުންވަނީ މި ޕްރޮޖެކްޓް އާލިއާ އަށް ދޭށެވެ. އާލިއާގެ ހުނަރު އާމިރަށް ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފަ އެވެ. އެހެންވެ "ތަގްސް އޮފް ހިންދުސްތާން" ގައި އޭނާ ބައިވެރިކުރަން ބޭނުމީ އާލިއާ އެވެ.

ފިލްމްފެއާ މެގަޒިން އިން ބުނެފައިވާ ގޮތުގައި އާމިރު، 51، ގަދައަޅަނީ ފިލްމު އާލިއާ އަށް ދިނުމަށެވެ. ނަމަވެސް އާލިއާ މި ފިލްމުގައި ބައިވެރިކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ވާނީ އަށް ފިލްމު ދޭން އަދިތުޔާ ޗޯޕްރާ ފޫގަޅާފައި ހުރުމެވެ. މި ފިލްމަކީ ވަރަށް އަގުބޮޑު ފިލްމަކަށް ވާނެކަމަށް ފިލްމާ ގުޅުން ހުރި ބައެއް މީހުން ބުނެފައިވެ އެވެ.

އާމިރު ޚާނަކީ ވެސް ވަރަށް ބޯހަރު އެކްޓަރެއް ނަމަވެސް އާލިއާ ފިލްމުގައި ބައިވެރިކުރަން އަދިތުޔާ ޗޯޕްރާ އެއްބަސް ކުރެވިދާނެ ކަމާ މެދު ޝައްކެވެ.

އަނެއްކޮޅުން މި ފިލްމު ނުލިބުނަސް އާލިއާގެ މައްސަލައެއް ނެތެވެ. އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން ޕްރޮޑިއުސަރުންތައް އޭނާ ލައްވާ ފިލްމު ކުޅުވަން ތިބީ ކިއޫގަ އެވެ. ނަމަވެސް 23 އަހަރުގެ އާލިއާ އަށް މި ފިލްމު ލިބިއްޖެ ނަމަ އާމިރު ޚާނާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބި އޭނާގެ ކާމިޔާބީއަށް ބޮޅެއް އިތުރުވާނެ އެވެ.

މިހާރު އާލިއާ ވަނީ ޝާހްރުކް ޚާނާ އެކު މަސައްކަތްކޮށްފަ އެވެ. އަދި މި މަސް ނިމޭ ހިސާބުގައި މި ދެ އެކްޓަރުންގެ "ޑިއާ ޒިންދަގީ" ރިލީޒްކުރާނެ އެވެ.