09 މެއި 2021 - 16:19

ސީޕީ ހަމީދު: މީގެ މޯޓިވް އަކީ ކޮބައިކަން ވަރަށް އަވަހަށް ދެނެގަނެވޭނެ. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް މިހާރު ހައްޔަރުކުރި އެއްވެސް މީހަކު ޓެރަރިސްޓް ގުރޫޕަކާ ގުޅުން އޮތް ކަމެެއް ނުވަތަ ނިސްބަތްވާ ކަމެއް ވެސް.

ރިޔާޒް: މިއަދު ހައްޔަރުކުރި މީހާގެ ވެސް ކުށުގެ ރެކޯޑްތައް އެބައޮތް.

ސީޕީ ހަމީދު: ތަހުގީގުގެ ސްކޯޕް އޮތީ މީގައި ހިމެނޭ ހުރިހާ އެންމެން ވެސް ހައްޔަރުކޮށްގެން ޝަރީއަތަށް ފޮނުވުން. މި ތިން މީހުންނަށް ވުރެ ފުޅާކޮށް، މީގައި ބައިވެރިވި އެންމެން ހޯދުމުގެ މަސައްކަތް އަޅުގަނޑު ކުރާނަން. މީގައި ހިމެނޭނީ އެންމެ ތިން ހަތަރު މީހުންނެއް ނޫން. މިއަށް ވުރެ ބޭރަށް އަޅުގަނޑުމެން ތަހުގީގު ހިންގާނަން.

ސީޕީ ހަމީދު: މިއަދު ހެނދުނު ހައްޔަރު ކުރި މިހާ ސިފަ ބަދަލުކުރަން ވަނީ މަސައްކަތްކޮށްފައި. އޭނާގެ ބޯ ކޮށައި، ތުނބުޅި ވެސް ވަނީ ބާލައިފައި.
އޭސީޕީ ރިޔާޒް: މި ބާވަތުގެ ޓެރަރިޒަމަށް އެއްވެސް ޕްލެޓްފޯމެއްގައި ތާއީދުކުރުމަކީ ގާނޫނީ ކުށެއް. އަޅުގަނޑުމެން މި ދަނީ ސޯޝަލް މީޑިއާގައި ވެސް އެފަދަ ޕޯސްޓްތައް ކުރަނީ ކޮން ބައެއްތޯ ބަލައި، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން އޮތިއްޔާ އަޅަމުން.
ސީޕީ ހަމީދު: ހައްޔަރުކޮށްފައިވާ ތިން މީހުންނަށް ވެސް ވަނީ ބަންދަށް 15 ދުވަސް ދީފައި.
އޭސީޕީ ރިޔާޒް: މި މައްސަލާގައި ހިމެނޭ އަދުހަމް ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެހެން މީހުންނާ ބައްދަލުކޮށްފައި.
ފުލުހުން ވަނީ މި މައްސަލާގައި ހައްޔަރުކުރި އެންމެ މުހިންމު މީހާ އަތަމާ ޕެލަސްގައި ހުއްޓާ ނަގާފައިވާ ވީޑިއޯތައް ވެސް ދައްކާފައި.
ރައީސް މުހަންމަދު ނަޝީދު އަވަހަރާކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދިނ ހަމަލާގައި ހިމެނޭ އެންމެ މުހިންމު މީހާ ރޭ އަތުލައިގަތީ އާންމު މީހަކު ދިން މައުލޫމާތުން ކަމަށް ފުލުހުން ބުނެފި އެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު މުހަންމަދު ހަމީދު ވިދާޅުވީ، އެ ފަރާތާ ބައްދަލުުކުރައްވައި، ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
(އިތުރު ތަފުސީލު އަންނަނީ)