ފިޔަވަޅުތަކުން ނަމްބަރު ދަށް ނުވާނަމަ ލޮކްޑައުން ކުރަންޖެހިދާނެ
ފިޔަވަޅުތަކުން ނަމްބަރު ދަށް ނުވާނަމަ ލޮކްޑައުން ކުރަންޖެހިދާނެ

މިހާރަށްވުރެ ހަރުކަށި މޫވްމަންޓް ރިސްޓްރިކްޝަނެއް ގެންނަން ޖެހޭ ކަމަށާއި އެ ފިޔަވަޅުން ވެސް ކޮވިޑުގެ ހާލަތު ރަނގަޅުނުވާނަމަ ލޮކްޑައުނަކަށް ދިއުން އެކަށީގެންވާ އެކަށީގެންވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި ޓެގްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ހަފުތާގައި އެކަނި ވެސް 3،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށެވެ. އެއީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފުތާ އެވެ.

ޑރ. ޝަހީދު ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެކި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު އިއުލާނުކުރުން ހިމެނެ އެވެ.

"ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެކިއެކި ފިޔަވަޅުތައް އަޅާފައި މި ވަނީ. އޭގެ ތެރޭގައި ހިމެނޭ ރޭގަނޑު 9 ން ފަތިހު ހަތަރަކަށް މި ވަނީ ކާފިއު ގަޑިއެއް ވެސް އިއުލާނުކޮށްފައި މޫވްމަންޓް ރެސްޓްރިސްޓް ކުރުމުގެ ގޮތުން. އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް އަވަހަށް މިއަށްވުރެ ހަރުކަށި މޫވްމަންޓް ރެސްޓްރިކްޝަންތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. މޫވްމަންޓް ރެސްޓްރިކްޝަންތަކާ އެކު ވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުވާނަމަ އެކަށީގެންވޭ ހަމަ ލޮކްޑައުނަކަށް ދާން ޖެހުން ވެސް،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ފިޔަވަޅުތަކުން ހާލަތަށް ބަދަލެއް ނާންނަމަ ލޮކްޑައުނަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރުދިން އިރު، ފާއިތުވި ދެ ތިން ހަފުތާގެ ތެރޭގައި ރިކޯޑު މިންވަރަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. ހަމައެއާއެކު، މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް އެ ބަލީގައި ހަ މީހަކު މަރުވި އެވެ.

އެއީ އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

ފާއިތުވި ދެތިން ހަފުތާގައި ސާމްޕަލް ޕޮޒިޓިވިޓީ އާއި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މިންވަރާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.