08 މެއި 2021 - 22:26

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެ އިން 590 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއީ 4014 ސާމްޕަލްގެ ތެރެއިންނެވެ.
އެޗްޕީއޭ އިން ދެންމެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 439 މީހުންނެވެ. ރަށްރަށުން 141، އަދި ރިސޯޓްތަކުން ނުވަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއާ އެކު މިހާރުގެ ތަފާސްހިސާބުތަކަކީ، އެކްޓިވް ކޭސްގެ ގޮތުގައި 8،640 ކޭސް، އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދުގެ ގޮތުގައި 230 މީހުންނެވެ.
މި ބަލިން މިހާތަނަށް 25،992 މީހުން ރަނގަޅުވެފައިވީ އިރު ބަލީގައި 83 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް ފެތުރުން ފަހަކަށް އައިސް ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު މިރޭ އެ ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފަ އެވެ. ރެއަކީ ވެސް، ކޮވިޑް ޕޮޒިޓިވްގެ ރެކޯޑް އަދަދެކެވެ. އަދި ޖެހިޖެހިގެން ކޮންމެ ރެއަކު ކޮވިޑް ނަންބަރުތައް ރެކޯޑް ހަދަމުން އަންނަތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާދަޔާހިލާފަށް މައްޗަށް ދާތީ ސަރުކާރުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.