09 މެއި 2021 - 09:35

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ އާއިލާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިކަން އިންސްޓަގްރާމްގައ ހާމަކޮށް ޝިލްޕާ ބުނީ އޭނާގެ މަންމަ އާއި ފިރިމީހާ ރާޖް ކުންދުރާގެ އާއިލާ އާއި ދެ ކުދިންގެ އިތުރުން އެ މީހުން ދެ މުވައްޒަފަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާތީ ހުރިހާ އެންމެން ވެސް މިހާރު ތިބީ އައިސޮލޭޝަނުގައި ކަމަށެވެ. އާއިލާގެ ގިނަ ބަޔަކު ޕޮޒިޓވް ނަމަވެސް، ޝިޕްލާގެ ނަތީޖާ ދެއްކީ ނެގަޓިވްކޮށެވެ.
އާއިލާގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭނާ ޖަޖެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ސޮނީ ޓީވީގެ "ސުޕަ ޑާންސާ" ޗެޕްޓާ 4 އިން ވެސް ވަނީ ވަކިވެފަ އެވެ. ޝިލްޕާ ޝޯ އިން ވަކިވީ އޭގެ ޝޫޓިން މުމްބާއީ އިން ޑާމަން ސިޓީ އަށް ޝޫޓިންތައް ބަދަލުކުރުމުން އާއިލާ ދޫކޮށްފައި ދެވެން ނެތުމުންނެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، މިދިޔަ ހަފުތާގައި ބަތަލާ ދީޕިކާ ޕަދްކޯންގެ އާއިލާ ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މިހާރު ވެސް ވަނަ ގިނަ ފިލްމީ ތަރިންނާއި ޓީވީ ތަރިން އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.
ކޮވިޑާ ހެދި މިހާރު އިންޑިއާގެ ފިލްމީ މަސައްކަތްތަކާއި ޓީވީ އިންޑަސްޓްރީގެ މަސައްކަތްތަކަށް ވެސް ބޮޑެތި ބުރޫތަކެއް އަރާފައިވެ އެވެ.