ކޮވިޑްގައި އިއްޔެ ހަތަރު މީހުން މަރުވި
ކޮވިޑްގައި އިއްޔެ ހަތަރު މީހުން މަރުވި

ރާއްޖެއިން ކޮވިޑުގައި އިއްޔެ ހަތަރު ވަނަ މީހާ މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހަރަކާތެއް ނުކުރާތީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ 83 އަހަރުގެ އަންހެނަކު ރޭ 11:15 ހާއިރު މަރުވެފައިވާ ކަމަށެވެ. މިއީ އެ ބަލީގައި މަރުވި 83 ވަނަ މީހާ އެވެ.

އިއްޔެ ދެން މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ އަންހެނަކާއި ހަމަ އެ ތަނުގައި އެޑްމިޓުކޮށްފައި އޮތް 60 އަހަރުގެ އިންޑިއާ މީހެއްގެ އިތުރުން ކ. މާފުށީގައި އައިސޮލޭޓް ކޮށްފައި ހުރި 37 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ކޮވިޑް ފެތުރެން ފެށި ފަހުން އިއްޔެއަކީ އެ ބަލީގައި ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އޭގެ ކުރީ ދުވަހު އެކަނި ވެސް ބަލީގައި ފަސް މީހަކު މަރުވި އެވެ. ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެ ބަލީގައި އެއް ދުވަހެއްގައި މިހާ ގިނަ ބަޔަކު އަދި މަރެއް ނުވެ އެވެ.

މަރުވާ މީހުން އިތުރުވުމާއެކު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އިއްޔެ ވެސް 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ.