07 މެއި 2021 - 16:55

ކޮވިޑް-19 ގައި އިތުރު މީހަކު މިއަދު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ. މިއީ މިއަދު މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.
އެޗްޕީިއޭ އިން ބުނީ މެންދުރެއްހާއިރު މަރުވެފައިި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އައި އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.
މިއާ އެކު ރާއްޖެ އިން ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަދަދު 82 އަށް އެރީ އެވެ.
ކޮވިޑްގައި މިއަދު މަރުވި އަނެއް ދެ މީހުންނަކީ ޑީއެޗް-11 ގައި އެޑްމިޓްކޮށްފައި އޮތް އިންޑިއާގެ އުމުރުން 60 އަހަރުގެ މީހަކާއި ކ. މާފުށީގައި އައިސޮލޭޓް ކޮށްފައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
މިއަދުގެ މިހާތަނަށް ކޮވިޑްގައި ތިން މީހަކު މަރުވިއިރު އިއްޔެ އަކީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެ އެވެ. އިއްޔެ ފަސް މީހަކު ކޮވިޑް ޖެހިގެން މަރުވި އެވެ.
ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެ ބަލީގައި އެއް ދުވަހެއްގައި މިހާ ގިނަ ބަޔަކު އަދި މަރެއް ނުވެ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މިފަހުން އެވްރެޖްކޮށް 700 އިން މަތީގައި އުޅޭއިރު ހާލަތު ގޯސްވަމުންދާތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ހޮސްޕިޓަލުތަކުގެ އެނދުތައް ފުރޭތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.