08 މެއި 2021 - 10:19

ފައިސާ ފޮނުވޭ ފީޗާއެއް "ޓިޕް ޖާ" ގެ ނަމުގައި ޓްވިޓާ އިން ޓެސްޓްކުރަން ފަށައިފި އެވެ.
އެންޑްރޮއިޑާއި އައިއޯއެސްގައި ވެސް ބޭނުން ކުރެވޭ ފީޗާ މަސައްކަތްކުރާނީ އެކައުންޓަތަކުގެ ޕްރޮފައިލާ ދިމާލަށް އަލަށް އިތުރުކުރި ޑޮލަރު ބިލް އައިކަން އަށް ފިތާލައިގެންނެވެ. އެގޮތުން އައިއޯއެސްގައި "ޓިޕް ޖާ" މެދުވެރިކޮށް ފައިސާގެ މުއާމަލާތް ޕޭ ޕަލް، ބޭންޑް ކޭމްޕް، ކޭޝް އެޕް، ޕޭޓްރިއޯން އަދި ވެންމޯގައި ކުރެވޭނެ އެވެ.
އެންޑްރޮއިޑްގައި "ޓިޕް ޖާ" ބޭނުން ކުރެވޭނީ ޓްވިޓާގެ ސްޕޭސްގެ މެދުވެރިކޮށެވެ.
ޓްވިޓާ އިން ބުނީ ފައިސާ ފޮނުވޭ/ލިބޭ ފީޗާ މި ވަގުތު ޓެސްޓްކުރަމުން އަންނަނީ ހޮވާލެވިފައިވާ ބައެއްގެ ތެރޭގައި ކަމަށް ވިޔަސް އަވަހަށް އަވަހަށް ފީޗާ ގިނަ ބަޔަކަށް ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.
ގިނަ ބަޔަކު ބޭނުންކުރާ ޓްވިޓާ ބުނި ގޮތުގައި "ޓިޕް ޖާ" ވާނީ ކުރިއަށް އޮތް ތަނުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ފައިސާގެ މުއާލަމާތްކުރަން ފަސޭހަ ތަނަކަށެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.