އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން
އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން

ނިއު ދިއްލީ (މެއި 7) - އެމްބިއުލަންސަށް ވެސް ދައްކާނެ ފައިސާ ނެތި ކޮވިޑުގެ ބަލި މީހުން ކޮނޑުމަތީގައި ހޮސްޕިޓަލަށް އުފުލާތަން ފެނުމުން އޮޓޯ-ރިކްޝޯ ޑްރައިވަރު މުހައްމަދު ޖާވިދު ޚާނަށް ވިސްނުނު ގޮތުގައި އެކަމުގައި އޭނާ އަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ.

އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން
އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން

އިންޑިއާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ބޯޕާލްގައި ދިރިއުޅޭ އުމުރުން 34 އަހަރުގެ ޑްރައިވަރު ވަނީ އޭނާގެ އަންހެނުންގެ ގަހަނާތައް ވިއްކާލުމަށް ފަހު ލިބުނު ފައިސާ އިން އޭނާގެ ތިން ފުރޮޅުލީ އޮޓޯ ކުޑަ އެމްބިއުލަންސަކަށް ބަދަލުކޮށްފަ އެވެ. އޮޓޯގައި އޮކްސިޖަން ސިލިންޑަރެއް ހަރުކޮށް ލޭގައި އޮކްސިޖަން ލެވެލް ހުންނަވަރު ބެލުމަށް އޮކްސިމީޓަރެއް ވެސް ހަރުކުރި އެވެ.

އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން
އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން

އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދުތަކުން އިތުރުވަމުންދާއިރު ހޮސްޕިޓަލްތަކަށް ނުތަކައިގެން އުޅޭ އިރު ޚާން ފަދަ އާއްމު ފަރުދުންގެ މިފަދަ ޚިދުމަތްތައް އެތައް ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން
އިންޑިއާގެ ޑްރައިވަރެއްގެ އޮޓޯ، "އެމްބިއުލަންސަކަށް" ބަދަލުކޮށް ހިލޭ އޮކްސިޖަން

"ވަރަށް ހާލު ދެރަ މީހަކު ނަމަ އޮކްސިޖަން ސަޕޯޓެއް ނެތި ހޮސްޕިޓަލަކަށް ނުގެންދެވޭނެ. އެހެންވެ އަހަރެން ހިތަށް އެރީ އޮޓޯގައި އޮކްސިޖަން ސިލިންޑަރު ހަރުކޮށް ބަލި މީހުންނަށް އެހީތެރިވާން. އެއީ ޖާގަ ބޮޑު އުޅަނދެއް ނޫން ނަމަވެސް މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ،" ޚާން ބުންޏެވެ.

"ޒުވާން ކުދިން ވެސް އޮކްސިޖަން ނުލިބިގެން އުޅޭތަން ފެނޭ. އެ މީހުން އެމްބިއުލަންސަކަށް ގުޅި ނަމަވެސް، އެމްބިއުލަންސް އިން އެބަ ޗާޖްކުރޭ 5،000-10،000 ރުޕީސް (70-140 ޑޮލަރު). މިވަރުގެ އަދަދެއް ފަގީރަކު ކިހިނެއް ދައްކާނީ؟ ޚާއްސަކޮށް މި ބަލިމަޑުކަމުގައި އެތައް ބައެއްގެ އާމްދަނީ ހުއްޓިފައިވާއިރު."

ހެޔޮއެދޭ ފަރާތަކުން ޚާން އަށް ވަނީ އޮކްސިޖަން ސިލިންޑަރެއް ހަދިޔާކޮށްފަ އެވެ. އަދި އެހެން މީހަކު ވަނީ އޮކްސިމީޓަރެއް ހަދިޔާކޮށްފަ އެވެ. އޮކްސިޖަން ސިލިންޑަރާއި އޮކްސިމީޓަރު ބޭނުންކުރާނެ ގޮތް ޑޮކްޓަރަކު ވަނީ ޚާން އަށް ދަސްކޮށްދީފަ އެވެ.

"ވަރަށް ގިނަ މީހުން ވަނީ އެހީވަން ހުށަހަޅާފައި. އަދި ވަރަށް ގިނަ މީހުން ވަނީ ބަލިމަޑުކަން ނިމެންދެން އަޅުގަނޑު މިކަން ކުރިއަށް ގެންދަން އެދިފައި،" ޚާން ބުންޏެވެ. "ވަރަށް ގިނަ މީހުންގެ އެހީއާ އެކު މި މަސައްކަތް ކުރިއަށް މިދަނީ."

މަދިޔަ ޕްރަދޭޝް ސްޓޭޓް ލޮކްޑައުންކޮށްފައި ވަނިކޮށް އިމަޖެންސީ ހުއްދަ ނެތި އޮޓޯ ދުއްވުމުން ފުލުހުން ވަނީ ޚާންއާ ދެކޮޅަށް މައްސަލަ ޖައްސައިފަ އެވެ. ނަމަވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަން ފެށުމުން ފުލުހުން ވަނީ އެ މައްސަލަ އަނބުރާ ގެނެސް، ޚާން އަށް އިމަޖެންސީ ހުއްދައެއް ދޫކޮށްފަ އެވެ.