ޔޫރޮޕާ ލީގު: ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް

ރޯމް (މެއި 7) - ދެ ވަނަ ލެގުގައި އޭއެސް ރޯމާ އަތުން ބަލިވިޔަސް 8-5 ގެ އެގްރިގޭޓް ނަތީޖާއިން، މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޔޫރޮޕާ ލީގު: ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި ވިޔަރެއާލް ފައިނަލަށް

ރޯމްގައި ރޭ ކުޅުނު މެޗު ރޯމާ ކާމިޔާބު ކުރީ 3-2 އިންނެވެ. އެހެން ނަމަވެސް ފުރަތަމަ ލެގުގައި މެންޗެސްޓާގައި ކުޅެ ޔުނައިޓެޑް 6-2 އިން ކާމިޔާބުކޮށްފައި ވުމުން އެގްރިގޭޓް ނަތީޖާއިން ކުރި ލިބުނީ ޔުނައިޓެޑަށެވެ.

މި މަހު 27 ގައި ކުޅޭ ފައިނަލް މެޗުގައި، ޔުނައިޓެޑާއި ދެކޮޅަށް ނުކުންނާނީ އާސެނަލް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ވިޔަރެއާލް އެވެ. ދެ ވަނަ ލެގުގައި ރޭ ލަންޑަންގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. ޕިއޭ އެމެރިކް އޮބާމަޔަން ދެ ފަހަރެއްގެ މަތިން ފޮނުވާލި ހަމަލާ ގޯލްގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. ފުރަތަމަ ލެގްގައި މި ދެ ޓީމު ވެލެންސިއާ ސިޓީގައި ކުޅެ ވިޔަރެއާލް މެޗު ކާމިޔާބުކޮށްފައި ވަނީ 2-1 ންނެވެ.

އާސެނަލް އަށް ކުރިން ކޯޗުކޮށްދިން، ވިޔަރެއާލްގެ މިހާރުގެ ކޯޗު އުނައި އެމެރީ އަކީ، ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ ތަޖްރިބާކާރެކެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ކުލަބަށް ސެވިއްޔާ ހަދައި ދިނީ އެމެރީގެ ކޯޗު ކަމުގެ ދަށުން އެޅި ބިންގަލުގެ މަތީގަ އެވެ.

ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، ރޯމާ މޮޅުވި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެ ޓީމުގެ ލަނޑު 39 ވަނަ މިނެޓްގައި ޖެހީ އެޑިންސަން ކަވާނީ އެވެ. ދެ ވަނަ ހާފުގައި އެޑެން ޒެކޯ ރޯމާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ ދެ މިނެޓް ފަހުން ބްރަޔަން ކްރިސްޓާންޓް އެ ޓީމަށް ލީޑު ނަގައިދިނެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ކަވާނީ އެވެ. އެހެންނަމަވެސް މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑުގެ އެލެކްސް ޓެލެސް އަތުން ބައިކޮޅަށް ލަނޑު ވަދެ ރޯމާއަށް އަލުން ލީޑު ލިބުނެވެ.