18 ނޮވެމްބަރ 2016 - 07:33

އަންނަ އަހަރު ރިލީޒް ކުރަން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ ފިލްމަކީ ވަރުގަދަ ކާސްޓެއް ވެސް ހިމެނޭ "ކޮން: ސްކަލް އައިލެންޑް" އެވެ.
އެކްޝަން/އެޑްވެންޗަ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ޔަގީނުން ވެސް މި ފިލްމް ކަމުދާނެ އެވެ. އެކަން ޔަގީންކޮށްލުމުގެ ގޮތުން ފިލްމުގެ ފުރަތަމަ ޓްރެއިލާ ބަލައިލާށެވެ. މީގެ ވާހަކަ އެނބުރެނީ 1970 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ.
ޖޯޑަން ވޮޓް-ރޮބަޓްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޓޮމް ހިޑެލްސްޓަން، ސެމުއެލް އެލް ޖެކްސަން، ބްރީ ލާސަން، ޖޯން ގުޑްމަން އަދި ޖޯން ސީ ރެއިލީ ހިމެނެ އެވެ.
ވާނާ ބްރަދާޒް އިން ޑިސްޓްރިބިއުޓް ކުރާ "ކޮން: ސްކަލް އައިލެންޑް" ސިނަމާތަކަށް އަންނާނީ މާޗް، 10، 2017 ގަ އެވެ.
މި ފިލްމާ ބެހޭ ޓޮމް ކުރިން ބުނެފައި ވަނީ ފިލްމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށާއި ހިޓަކަށް ވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.