އެފްއޭއެމްގެ ބާ އިމާރާތް ކޮވިޑު ފެސިލިޓީއަކަށް
އެފްއޭއެމްގެ ބާ އިމާރާތް ކޮވިޑު ފެސިލިޓީއަކަށް

މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ބާ އިމާރާތް ކޮވިޑު -19 ގެ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދޭނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ބިޔަ ރާޅާ އެކު ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް އެތައް ބަޔަކު ޕޮޒިޓިވްވަމުންދާއިރު ސަރުކާރުން ވަނީ އައިސީޔޫ އެނދާއި އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އެ އިމާރާތް އިންސްޕެކްޓު ކުރެއްވުމަށް މިއަދު ވަޑައިގެންފަ އެވެ.

"ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަކީ ފުޓްބޯޅަ އާއިލާއަށް ލިބޭ ފަހުރެއް،" ބައްސާމް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އެފްއޭއެމް އޮފީސް މިހާރު ހިންގަނީ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގަ އެވެ. އެފްއޭއެއެމް ހައުސް ހުސްކުރީ އެ ތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށެވެ.