އަސްރަފީ ބުކްޝޮޕް މިހާރު ހިންގާނީ އެންމެ ކުރީގެ އިމާރާތުގައި
އަސްރަފީ ބުކްޝޮޕް މިހާރު ހިންގާނީ އެންމެ ކުރީގެ އިމާރާތުގައި

ރާއްޖޭގައި އެތައް ބައެއްގެ މެދުގައި މަގުބޫލު، ޒަމާންވީ "ފޮތްފިހާރަ" އަސްރަފީ ބުކްޝޮޕް އެންމެ ފުރަތަމަ ހިންގަމުން އައި އިމާރާތަށް ބަދަލުކޮށްފި އެވެ.

އަސްރަފީ ބުކްޝޮޕް މިހާރު ހިންގާނީ އެންމެ ކުރީގެ އިމާރާތުގައި
އަސްރަފީ ބުކްޝޮޕް މިހާރު ހިންގާނީ އެންމެ ކުރީގެ އިމާރާތުގައި

އެ ބުކްޝޮޕް މިހާރު ހިންގަނީ ޗާންދަނީ މަގުގެ ސޮނީ ސްޕޯޓްސްއާ ޖެހިގެން ހުންނަ މއ. ޝަމްނާ ގަ އެވެ. އަސްރަފީ ބުކް ޝޮޕް އެންމެ ފުރަތަމަ ހިންގި އިމާރާތުން އެ ތަން ބަދަލުކޮށް، މިދިޔަ މަހުގެ 12 އާ ހަމައަށް ހިންގީ ޗާންދަނީ މަގުން ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތެއްގަ އެވެ. އެއީ އެ ތަނުގެ އަސްލު އިމާރާތް މަރާމާތު ކުރަމުންދާތީ އެވެ.

އަސްރަފީ ބުކްޝޮޕް މިހާރު ހިންގާނީ އެންމެ ކުރީގެ އިމާރާތުގައި
އަސްރަފީ ބުކްޝޮޕް މިހާރު ހިންގާނީ އެންމެ ކުރީގެ އިމާރާތުގައި

އަސްރަފީ ބުކްޝޮޕުގެ އާ އިމާރާތުގައި މެޒަނިން ފްލޯއަކާއެކު ތިން ފްލޯއެއް ހުންނާނެ އެވެ. މީގެ ތެރެއިން ފުރަތަމަ ބައިން، ސްކޫލަށް ބޭނުންވާ ތަފާތު ސާމާނު ލިބެން ހުންނައިރު ދެވަނަ ބައިން ޕާޓީތަކަށް ބޭނުންވާ ސާމާނާއި ވާހަކަ ފޮތްތަކުގެ އިތުރުން ކުޑަކުދިން ކުޅޭ ސާމާނު ލިބެން ހުންނާނެ އެވެ. ތިންވަނަ ބައި ހާއްސަ ކޮށްފައި ވަނީ އޮފީސް ސަޕްލައިތަކާއި އާޓް މެޓީރިއަލް އަށެވެ.

އެ ބުކްޝޮޕްގެ ފުރަތަމަބައިގައި ހުންނަ މެޒަނިން ފްލޯ ހާއްސަ ކޮށްފައިވަނީ ދީނީ އަދި ދިވެހި ފޮތްތަކަށެވެ. އެގޮތުން، އެކި ވައްތަރުގެ ވާހަކަ ފޮތާއި ދީނީ އިލްމާ ގުޅުންހުރި ފޮތްތައް ލިބޭނެ އެވެ.

މި ބައިތަކަށް އަރައިފައިބަން ފަސޭހަ ކުރުމުގެ ގޮތުން ބުކްޝޮޕްގެ އެތެރޭގައި ވަނީ ލިފްޓެއް ވެސް ބަހައްޓައިފަ އެވެ. މިއީ ހަމައެކަނި ބުކްޝޮޕަށް ހާއްސަ ލިފްޓެކެވެ.

އަސްރަފީއަކީ މާލޭގައި އެންމެ ގިނަ ދުވަސްވީ އެއް ބުކްޝޮޕެވެ. އެ ބުކްޝޮޕްގެ އިތުރު ފިހާރައެއް އޯކިޑު މަގުގައި ވެސް ހުރެ އެވެ. އަދި ބައެއް ބްރާންޗުތައް އެކި ރަށްރަށުގައި ވަނީ ގާއިމުކޮށްފަ އެވެ.