05 މެއި 2021 - 22:27

މާލޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ވިޔަފާރިއެއް ކަމަށްވާ، ރެޑްވޭވް ކުންފުންޏަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފި އެވެ.
ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އަންނަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާ ވަދެފައިވާ ކުންފުނިތަކުގެ މައްސަލަތައް ބަލައި، އެ ކުންފުނިތަކާ ސުވާލު ކުރަމުންނެވެ.
އެގޮތުން މިއަދުގެ ވަގުތެއްގައި ރެޑްވޭވްގެ ވެރިޔާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އެނގިފައިވާ ގޮތުގައި ރެޑްވޭވަށް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.
އެ މައްސަލާގައި ސަލީމްގެ ބަހެއް ނުލިބެ އެވެ. ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕަށް ނިސްބަތްވާ ސަލީމަކީ މިހާރު ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ވެސް މެ އެވެ.