06 މެއި 2021 - 08:29

ބުދަ ދުވަހު އާންމުކުރި ސަލްމާންގެ ޚާންގެ ފިލްމު "ރާދޭ" ގެ ޓައިޓްލް ލަވަ އަކީ މިދިޔަ އަހަރު މަރުވި މިއުޒިކް ޑައިރެކްޓަރު ވާޖިދު ޚާން ކޮމްޕޯޒްކުރުމުގައި ހިއްސާވި ފަހު ލަވަ ކަމަށް ބުނެފި އެވެ.
އެ ލަވަ ހަދާފައި ވަނީ ވާޖިދާއި ބޭބެ ސާޖިދު ޚާނެވެ. އެ ދެ މީހުންނަކީ އެތައް ފިލްމަކަށް ރީތި އެތައް ލަވައެއް ހަދައި ދީފައިވާ ފަންނާނުންނެވެ. ވާޖިދު މިދިޔަ އަހަރުގެ މެއި މަހު މަރުވީ ކިޑްނީގެ ބައްޔެއްގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށް ކޮވިޑް-19 ވެސް ޖެހިގެންނެވެ.
މި މަހުގެ 13 ގައި ރިލީޒްކުރާ ފިލްމު "ރާދޭ" ގެ ޓައިޓްލް ލަވަ "ރާދޭ" ގެ ޅެން ހެދުމުގެ އިތުރަށް އެ ލަވަ ކިޔާފައި ވަނީ ސާޖިދެވެ. ލަވައިން ފެނިގެން ދަނީ ސަލްމާން ޑިޝާ ޕަޓާނީ އެވެ.
މި ލަވަ އަކީ ލަވަތަކުގެ ތެރެއި އާންމުކުރި ތިން ވަނަ ލަވަ އެވެ. "ރާދޭ" ގައި ހިމެނޭނީ ޖުމްލަ ހަތަރު ލަވަ އެވެ. އެއީ އަދި އާންމުނުކުރާ ލަވަ "ޒޫމް ޒޫމް" ގެ އިތުރުން ކުރިން ދައްކައިލި "ސީޓީ މާރް" އާއި "ދިލް ދޭ ދިޔާ" އެވެ.
"ރާދޭ" އަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.