06 މެއި 2021 - 08:23

އާންމު ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބޭރުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ "ސޯޝަލް މީޑިއާ ޕްލެޓްފޯމް" ލޯންޗްކޮށްފި އެވެ.
އޭނާ އަމިއްލަ އެޕެއް ލޯންޗްކުރައްވާނެކަން އެޑްވައިޒަރު ޖޭޒަން މިލާ ވިދާޅުވީ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕްގެ އެޕް ވާނީ އެހެން އެއްޗިއްސަށް ގޮންޖަހައިލާނެ ވަރުގެ އެއްޗަކަށެވެ.
އަންގާރަ ދުވަހު ދުވަހު ޓްރަމްޕްގެ "ސޯޝަލް މީޑިއާ" ލޯންޗްކޮށްފައިވާ އިރު މީޑިއާތަކުން އެ ސިފަކޮށްފައި ވަނީ "ޓްވިޓާގެ ޖެނެރިކް ވާޝަނާ ވައްތަރު ކޮމެންޓްރީ ބްލޮގެއް" ގޮތުގަ އެވެ. އޭގެ ޔޫއެލްއާރްއެލް އަކީ https://www.donaldjtrump.com/desk އެވެ.
މީގެ އެންމެ މަތިން ވާތް ފަރާތު ކަނުގައި "ސޭވް އެމެރިކާ: ޕްރެޒިޑެންޓް ޑޮނަލްޑް ޖޫނިއާ ޓްރަމްޕް" ލޭބަލެއްގެ ގޮތަށް ހިމަނާފައިވާ އިރު އެޕްގެ އެޕްގެ މެދުން ބޮޑުކޮށް ލިޔެފައި އިންނަނީ "ފްރޮމް ދަ ޑެސްކް އޮފް ޑޮނަލްޑް ޖޫނިއ ޓްރަމްޕް" ޖަހައިފަ އެވެ. އަދި ދެ އަރިމަތީގެ ފީޗާތަކަށް ބަލާ އިރު ވާތް ފަރާތުގައި "ކޮންޓްރިބިއުޓް" އާއި "ސައިން އަޕް" ބަޓަން ހިމަނާފައިވެ އެވެ.
ވާތް ފަރާތުގައި ވަނީ ޕޯސްޓްތައް ފޭސްބުކާއި ޓްވިޓާގައި ޝެއާކުރުމުގެ އިތުރަށް ލައިކްދެވޭ ބަޓަންތަކެވެ.
ޓްރަމްޕްގެ އަމިއްލަ ޕްލެޓްފޯމެއް ލޯންޗްކޮށްފައި މި ވަނީ ފޭސްބުކާއި ޓްވިޓާއި އާއި އިންސްޓަގްރާމާއި ޔޫޓިއުބާއި ސްނެޕްޗެޓް ފަދަ ޕްލެޓްފޯމްތަކުން އޭނާ ބޭރުކޮށްލުމުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުން ބަންދުވެފައި ވަނިކޮށެވެ.
އެ ފިޔަވަޅު އޭނާއާ ދެކޮޅަށް އަޅަން މަޖުބޫރުވީ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓޮލް ހިންގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދެއްވައި، ދޮގު މައުލޫމާތުތައް ފަތުރަމުން ދިއުމާ ގުޅިގެންނެވެ.