04 މެއި 2021 - 10:18

ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ބަންދުގައި ހުރި މީހަކު އަމިއްލަ އަށް މަރުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު މަރުވި އެ ބިދޭސީމީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާއާ ހިއްސާއެއް ނުކުރި އެވެ. އޭގެ ތެރޭގައި އޭނާ ނިސްބަތްވާ ގައުމާއި ބަންދުކޮށްފައި ހުރި މައްސަލައިގެ ތަފުސީލު ހިމެނެ އެވެ.
އެކަމަކު، އެ މީހާ މަރުވި ޚަބަރު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.