އިންޑިއާގެ މަހުޖަނެއްގެ ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު
އިންޑިއާގެ މަހުޖަނެއްގެ ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު

ބެންގަލޫރު (ނޮވެމްބަރު 17) - އިންޑިއާގައި މައިން ނެގުމުގެ ވިޔަފާރި ކުރާ މަހުޖަނެއްގެ ހުރި ހަމައެކަނި އަންހެން ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު (50 ބިލިއަން ރުޕީސް) ޚަރަދުކޮށްފި އެވެ.

އިންޑިއާގެ މަހުޖަނެއްގެ ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު
އިންޑިއާގެ މަހުޖަނެއްގެ ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު

އިންޑިއާގެ މާލީ ބާޒާރުން 500 އާއި 1،000 ރުޕީސްގެ ނޫޓް ކުއްލި ގޮތަކަށް ނެގުމުން ފައިސާގެ ތާށިކަން ގިނަ ބަޔަކަށް ކުރިމަތިވެފައިވާ އިރު ބެންގަލޫރު ޕެލަސްގައި އިއްޔެ ބޭއްވި ގާލީ ޖަނަރްދާން ރެޑީގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާ އަށް ވަނީ ބައި ލައްކަ މީހުންނަށް ދައުވަތު ދީފަ އެވެ. ސަރުކާރުން އެޅި ފިޔަވަޅާ ގުޅިގެން ގިނަ ބަޔަކު އަތުގައި ކާނެބޯނެ ވަރުވެސްް ނެތި އުޅެނިކޮށް، މިހާ ގިނަ އަދަދެއްގެ ފައިސާ ކައިވެންޏަށް ހޭދަ ކުރުމުން އިންޑިއާގެ މީޑިއާތަކުން ދަނީ ރެޑީ އަށް ފާޑު ކިޔަމުންނެވެ. އެކަމަކު ރެޑީ އަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދަނީ ރެޑީގެ ހަމައެކަނި ދަރިފުޅުގެ ކައިވެންޏަކީ ކުލަގަދަ އަދި މީހުންގެ ހަނދާނުގައި ހުންނަވަރުގެ ހަފުލާއަކަށް ހަދަން އޭނާ ބޭނުންވި ކަމަށެވެ.

އިންޑިއާގެ މަހުޖަނެއްގެ ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު
އިންޑިއާގެ މަހުޖަނެއްގެ ދަރީގެ ކައިވެންޏަށް 75 މިލިއަން ޑޮލަރު

"ރެޑީގެ ދަރިފުޅުގެ ކައިވެނި މައްސަލައަކަށް ހެދުމަކީ ވަރަށް ދެރަކަމެއް. ދަރިންގެ ކައިވެނި ހަފުލާ ކުލަގަދަ ކުރުމަކީ ބައިން ބަފައިންނަށް ވެސް ލިބޭ އުފަލެއް. މިއީ މުޖްތަމައުގައި އެ މީހުންގެ މަގާމު ދެހެއްޓުމަށް ވެސް ކުރަން ޖެހޭ ކަމެއް،" ރެޑީގެ އެކުވެރިއެއް ކަމަށްވާ މަންޖޫ ސްވާމީ އޭއެފްޕީ އަށް ބުންޏެވެ.

އެހެން މީހެއް ކަމަށްވާ ރާއޯ ބުނީ ރެޑީ ޚަރަދު ކުރަނީ އޭނާގެ އަމިއްލަ ފައިސާ ކަމަށާއި އެހެންވެ އެކަމާ ޝަކުވާ ކުރަން ނުޖެހޭ ކަމަށެވެ.

އުމުރުން 49 އަހަރުގެ ރެޑީ އަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުން ކަރުނާޓަކާ ސަރުކާރުގެ ކުރީގެ ވަޒީރެކެވެ. މައިން ނެގުމުގައި އޮޅުވާލުންތަކެއް ފަޅާއަރާ އޭނާ ވަނީ ތިން އަހަރަށް ޖަލަށް ލައިފަ އެވެ. ރެޑީގެ ގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިދިޔަ ހަފުތާގައި ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކަށް އޭނާގެ ހުރިހާ މައުލޫމާތެއް ހާމަކުރާނެ ކަމަށެވެ.

ރެޑީގެ ދަރިފުޅުގެ ކައިވެނީގައި ބޭނުންކުރި ސާރީގެ އަގު ވެސް 170 މިލިއަން ރުޕީސް (2.5 މިލިއަން ޑޮލަރު) އަށް އަރަ އެވެ. ގަހަނާގެ އަގު 900 މިލިއަން ރުޕީސް (13 މިލިއަން ޑޮލަރު) އަށް އަރަ އެވެ. ކައިވެނީގެ ހަފުލާ އަށް ބްރެޒިލުން ވަނީ ނަށާ ގްރޫޕެއް ވެސް ގެނެސްފަ އެވެ. ކައިވެނި ހަފުލާ އަށް މީޑިއާ އާއި އެނޫން ފަރާތްތައް ވަނުން ހުއްޓުވުމަށް ރެޑީ ވަނީ 3،000 ގާޑުން ހޯދައިފަ އެވެ.