ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ
ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ

ޖަކާޓާ (މެއި 2) - ބާލީގެ އައްސޭރިން ބޭރުން 53 ފަޅުވެރިންނާ އެކު ފެތިފައި، ކަނޑު އަޑީގައި އޮތް ސަބްމެރިން ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިންޑޮނީޝިއާ އިން ބުނެފި އެވެ.

ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ
ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ

ނަމަވެސް ކޭއާރްއައި ނަންގަލަ 402 ފެން މައްޗަށް ނަގާނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ސަބްމެރިން ފެތިފައި އަދި ތިން ބުރިވެފައިވާކަން އެނގުނީ ސިންގަޕޫރުގެ ޚާއްސަ އުޅަނދަކުން ނެގި ފޮޓޯތަކުންނެވެ.

އިންޑޮނީޝިއާގެ ކަނޑުގެ ސިފައިން ބުނެފައި ވަނީ މިހާރު އިންތިޒާރު ކުރަމުން ދަނީ ދެ އުޅަނދެއް އަންނާނެ ވަގުތަކަށް ކަމަށެވެ. އޭގެ ތެރޭން އެއް ބޯޓަކީ ކަނޑު އަޑިން ތަކެތި ނެގުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޗައިނާގެ އުޅަނދެކެވެ.

ސަބްމެރިން ނެގުމަށް ބޭނުންކޮށްފާނެ އެއްގޮތަކީ ވަރަށް ބާރުގަދަ ދަގަތްފާނާއި އެއާ ބެލޫން ބޭނުން ކުރުމެވެ. ނަމަވެސް ސަބްމެރިން ނަގާނެ ގޮތަކާއި ނަގާނެ ވަގުތެއް އަދި މުޅިން ނުނިންމާ ކަމަށް ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މާގޮނޯ ވިދާޅުވި އެވެ.

ޖަރުމަނުގައި އުފައްދާފައިވާ ސަބްމެރިން އޮތީ 800 މީޓަރު (2،600 ފޫޓު) އަޑީގަ އެވެ. އިންޑޮނީޝިއާގެ ސަބްމެރިން ފްލީޓުގައި ހިމެނޭ ފަސް އުޅަނދުގެ ތެރޭގައި ހިމެނޭ ސަބްމެރިން ގެއްލުނީ މީގެ
ދިހަ ވަރަކަށް ދުވަސްކުރިންނެވެ. އިންޑޮނީޝއާ އަށް 1981 ވަނަ ގެނެސްފައިވާ ސަބްމެރިން ފެތުނު ސަބަބެއް ސިފައިން ހާމަކޮށްފައެއް ނުވެ އެވެ.