ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

އުމުރުން 65 އަހަރުގެ ސީދިބޭ އަކީ އެންމެން ވެސް ވަރަށް ފަރިތަ މޫނެކެވެ. އޭނާ އަކީ، ނީލަން ފިހާރައިގައި މިހާރު ހުރި އެންމެ ދުވަސްވީ އެކަކެވެ. އޭނާ ބުނާ ގޮތުން، އޭނާގެ މަސައްކަތް ޒަމާންތަކަކަށް ދެމިގެން ހިނގައްޖެ އެވެ. މިއީ އޭނާ އެ މަސައްކަތުގައި ދެމިހުންނަތާ 45 ވަނަ އަހަރެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

ސީދިބެ ބުނާގޮތުން އޭނާ މި މަސައްކަތުގެ ތެރެއަށް ވަނީ އަތޮޅު ފިހާރައިގައި ނީލަންކީ ދުވަސްވަރު އެވެ. ނީލަން މުދާ ވިއްކުމުގެ އިތުރުން އޭނާގެ މުޅި ހަޔާތުގައި ވެސް އެހެން އެއްވެސް މަސައްކަތެއް ކުރި ހަނދާނެއް އޭނާގެ ނެތެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

ނީލަން ފިހާރައިގައި ސީދިބޭ ވިއްކާ ތަކެތި ހޯދަނީ ކުނިގޮނޑާއި އެމްޓީސީސީގެ އޮކްޝަންގެ ތެރެއިންނެވެ. ކުނި ޕިކަޕްތަކުގެ ތެރެއިން ވެސް އޭނާ އަށް ބައެއް މުދާ ލިބެ އެވެ. އެ މަސައްކަތުގައި އޭނާގެ ގާތް ރަހުމަތްތެރިން ހަރަކާތްތެރިވެ އެވެ. ބައެއް މުދާތައް އަލުން ރީތިކޮށްލުމަށް ފަހު އޭނާ ވިއްކަ އެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

ސީދިބޭގެ ނީލަން ފިހާރައިގައި ވަރަށް ގިނަ ވައްތަރުގެ އެއްޗެހި ވިއްކަން ހުރެ އެވެ. މައިގަނޑު ގޮތެއްގައި ވިއްކަނީ ލަކުޑި އާއި ދަގަނޑެވެ. އެކަމަކު ބާ އިލެކްޓްރޯނިކް ސާމާނު ވެސް އޭނާ ވިއްކަ އެވެ. އޭނާ ބުނަނީ އެ އެއްޗެހި ވިއްކައިގެން ލިބޭ މާ ބޮޑު ފައިދާއެއް ނޯވެ އެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

މާލެ އަށް އުފަން ސީދިބޭގެ ދެ ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން ތިބެ އެވެ. އެއިން އެއްވެސް ކުއްޖަކު ސީދިބޭގެ މި ވިޔަފާރީގައި ބައިވެރިއެއް ނުވެ އެވެ. އޭގެ ބަދަލުގައި ސީދިބޭ އަށް އެހީތެރިވަމުން އަންނަނީ ރަހުމަތްތެރިއެއްގެ ދެ ކުއްޖެކެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

ސީދިބޭ ބުނާ ގޮތުން އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދޭތެރެ ދޭތެރެއިން އެތަން ހުސްކުރާ ވާހަކަތައް އިވުމެވެ. އޭނާ ބުނާ ގޮތުން ނޯޓިސް ވެސް އާދެ އެވެ. އަދި ތިލަފުއްޓަށް އެތަން ބަދަލުކުރާ ވާހަކަތަކެއް ވެސް އަޑު އިވެ އެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު

ރޯދަމަހު ސީދިބެ ފިހާރައިގައި ގިނަ ވަގުތު ހޭދަކުރަނީ ރޭޑިއޯއިން ސިޔަރަތު އަޑުއެހުމުގަ އެވެ. އޭނާ އަކީ އެންމެންނާ ވެސް ގުޅޭ ރަހުމަތްތެރިއެކެވެ. އޭނާގެ މޫނުމަތިން އެންމެންނަށް ވެސް ފެންނާނީ މި ހިނިތުންވުމެވެ.

ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު
ފޮޓޯ ސްޓޯރީ: ނީލަން ފިހާރައިގައި 45 އަހަރު