ދަރިވަރުން 10 އަހަރުގެ ތެރޭގައި ހަދާ ބޮޑު އިމްތިހާނަށް
ދަރިވަރުން 10 އަހަރުގެ ތެރޭގައި ހަދާ ބޮޑު އިމްތިހާނަށް

ހަޔާތުގައި އެންމެ ފުރަތަމަ ބައްދަލުކުރާ ބޮޑު އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވެވިފައި ހުރުމުން ލަޔާން މުހައްމަދު ރަޝީދު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. ނަމަވެސް ކޮވިޑު-19 ގެ ބަލިމަޑުކަމުގައި އޯ ލެވެލް އިމްތިހާނު ހަދަން ޖެހުމަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ އެ ދަރިވަރަށް ވެސް އޮތް ބިރެކެވެ.

ދަރިވަރުން 10 އަހަރުގެ ތެރޭގައި ހަދާ ބޮޑު އިމްތިހާނަށް
ދަރިވަރުން 10 އަހަރުގެ ތެރޭގައި ހަދާ ބޮޑު އިމްތިހާނަށް

ރާއްޖޭގެ 235 ސެންޓަރެއްގައި މިއަދު ފެށި އޯ ލެވެލް އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށެވެ. އެކަމަކު ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދާތީ ވަކި މުއްދަތެއް ނެތް ކަމަށް އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު ފަސްކުރީ އެވެ.

ދަރިވަރުން 10 އަހަރުގެ ތެރޭގައި ހަދާ ބޮޑު އިމްތިހާނަށް
ދަރިވަރުން 10 އަހަރުގެ ތެރޭގައި ހަދާ ބޮޑު އިމްތިހާނަށް

އޭގެ ފަހުން ޕްރިންސިޕަލުންނާއި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މެއި/ޖޫންގައި އިންތިހާނު ބާއްވާށެވެ.

ލަޔާން ބުނީ ސްކޫލުތައް ބަންދުކޮށް އެންމެ ފުރަތަމަ އޮންލައިންކޮށް ކިޔަވައިދިނުމުން އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. ފަހުން ސީދާ ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފެށުމުން އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބުނުކަން ފާހަގަކުރި އެވެ.

"މިހާރު އިމްތިހާނަށް ފުދޭވަރަކަށް ތައްޔާރުވެވިއްޖެ ހިތްހަމަޖެހޭ ވަރަށް،" އޯ ލެވެލްގައި ރާއްޖޭގެ ގަދަ ފަހެއްގައި ހިމެނުމުގެ އަޒުމުގައި ހުރި، އެ ސްކޫލުގެ ހުވަނދުމާ ހައުސްގެ ކެޕްޓަން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަރަންޓީނާއި އައިސޮލޭޝަނުގައި ތިބޭ ކުދިން، އެހެން ދަރިވަރުންނާ ވަކިން އިމްތިހާނު ހެދުމަށް ވަކި ހޯލެއް ހަމަޖައްސައިފަ އެވެ.

ދިހަ އަހަރުގެ ތެރޭގައި ހަދާ އެންމެ ބޮޑު އިމްތިހާނު، އަހަރުތަކެއް ވަންދެން ފަށަމުން ދިޔައީ އިސްލާމާއި ދިވެހި ޕޭޕަރުންނެވެ. އެކަމަކު ޓެސްޓު ޝެޑިއުލަށް މި ފަހަރު ބަދަލުތަކެއް ގެނެސްފައި ވެ އެވެ. މިއަދު އިސްލާމް ޕޭޕަރު 2 އޮތްއިރު އެ މާއްދާގެ ޕޭޕަރު އެކެއް އޮންނާނީ މާދަމާ އެވެ. ދިވެހި ޓެސްޓު ބާއްވަނީ މެދުތެރޭގަ އެވެ.

އޯ ލެވެލް އިމްތިހާނުގައި މުޅި ޖުމްލަ 5،955 ދަރިވަރުން ބައިވެރިވާއިރު އެންމެ ފަހު އިމްތިހާނު އޮތީ އަންނަ މަހުގެ 11 ގަ އެވެ.