ޖޭލޯގެ "ޝޮޓްގަން ވެޑިން" ތާރީހު އިއުލާންކޮށްފި
ޖޭލޯގެ "ޝޮޓްގަން ވެޑިން" ތާރީހު އިއުލާންކޮށްފި

ޖެނިފާ ލޮޕޭޒް (ޖޭލޯ) ގެ ފިލްމު "ޝޮޓްގަން ވެޑިން" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ކުރިން މި އަހަރުގެ ތެރޭގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފައި، މިދިޔަ ހަފުތާގެ ތެރޭގައި ޝޫޓިން ނިންމާލާފައިވާ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޖޭލޯ ބުނީ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 29 ގައި ކަމަށެވެ. ފިލްމުގެ ސެޓުން ނަގާގައިވާ އިތުރު ފޮޓޯތަކެއް ވެސް ޖޭލޯ ހިއްސާކޮށްފައިވެ އެވެ.

ޖޭޒަން މޯ ޑައިރެކްޓްކުރާ ރޮމޭންޓިކް އެކްޝަން ފިލްމުގެ ޑެސްޓިނޭޝަން ވެޑިންއެއްގެ ތެރޭގައި ހިނގާ ހައިޖާނުގަނޑަކާ އެކު ދިމާވާ މަޖާ ކަންތައްތަކެއް ފެންނަ ފިލްމެކެވެ. "ޝޮޓްގަން ވެޑިން" ގެ މައިގަނޑު މަންޒަރުތައް ނަގާފައި ވަނީ ޑޮމިނިކަން ރިޕަބްލިކްގަ އެވެ.

މީގެ ކާސްޓްގައި ސޯނިއ ބްރަގާ، ލެނީ ކްރަވިޒް، ޖެނިފާ ކޫލިޖް، ސެލީނާ ޓޭން، ޗީޗް މާރިން، ޑެޒްމިން ބޯޖެސް، ޑ އާސީ ކާޑެން އަދި އެލެކްސް މަލާރީ ޖޫނިއާ ހިމެނެ އެވެ.