30 އެޕްރީލް 2021 - 03:45

ސްޕެނިޝް ލަލީގާގައި މިރޭ ގްރާނާޑާ އަތުން 2-1 އިން ބަލިވުމުން، ތާވަލްގެ އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ބާސެލޯނާ (ބާސާ) އަށް ގެއްލިއްޖެ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީކމަށް ލީޑު ހޯދައިދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. ފުރަތަމަ ހާފުގައި ވެސް ބާސާ އަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ގްރަނާޑާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 63 ވަނަ މިނިޓުގައި ޑާވިން މަޗިސް ޖެހި ލަނޑުންނެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖޯޖް މޮލީނާ ޖެހި ލަނޑާއެކު، ގްރަނާޑާ އިން ވަނީ ބާސާގެ މައްޗަށް ލީޑު ނަގައިފަ އެވެ.
މި މެޗުން މޮޅުވެގެން، އެއް ޕޮއިންޓްގެ ލީޑަކާއެކު ތާވަލްގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާސާ އަށް އޮތެވެ. އެކަމަކު މި ނަތީޖާއާއެކު، ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ ތިން ވަނައިގައި އޮތް ބާސާގެ މައްޗަށް އޮތް ދެ ޕޮއިންޓްގެ ލީޑު ދެމެހެއްޓިފަ އެވެ. އެތުލެޓިކޯ ތާވަލްގެ އެއްވަނައިގައި އޮތީ 73 ޕޮއިންޓާއެކު އެވެ. ބާސާ އޮތީ 71 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން އެއްވަރެވެ.