29 އެޕްރީލް 2021 - 19:36

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ބުނީ ހޮނިިހިރު ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 7:00 އަށް އަޕްގްރޭޑިންގެ މަސައްކަތް ކުރާނެ ކަމަށެވެ. އަޕްގްރޭޑް ކުރަމުންދާ ވަގުތުތަކުގައި 10 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް ހިދުމަތް ކެނޑިދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
މި މަސައްކަތްތައް ކުރަމުންދާ އިރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި މިކަމުގެ ތެރެއިން އިތުރު މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަން ވެސް ހިއްސާކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މޯބައިލް ހިދުމަތްތަކާއި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުންޏެވެ.