ކޮވިޑްގެ ކޭސްތަކާއި އެކްޓިވް ކޭސްތައް ރެކޯޑް އަދަދަކަށް މަތީގައި
ކޮވިޑްގެ ކޭސްތަކާއި އެކްޓިވް ކޭސްތައް ރެކޯޑް އަދަދަކަށް މަތީގައި

ރާއްޖޭގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް 4،300 އިން މައްޗަށް އަރައިފި އެވެ.

ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު، ބަލި ޖެހޭ މީހުންގެ އަދަދު މި ފަހުން ވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް 850 މީހުން ޕޮޒިޓިވްވެ ދެ މީހަކު މަރުވެފައި ވެ އެވެ.

މީގެ ކުރިން ކޮވިޑުގެ ހާލަތު އެންމެ ގޯސްއިރު ވެސް އެކްޓިވް ކޭސްތައް ހުރީ 3،000 އިން ދަށުގަ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރިކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވަމުން ދިއުމާއެކު އެކްޓިވް ކޭސްތައް ވެސް ދިޔައީ އިތުރުވަމުންނެވެ.

އިއްޔެ ހަވީރު 6:00 އާ ހަމައަށް، އެކްޓިވް ކޭސްތައް ވަނީ 4،396 އަށް އަރައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 63 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 1،261 މީހުން މި ވަގުތު އެބައުޅެ އެވެ. ހާލަތު އެންމެ ގޯސް ރަށްރަށުގެ ތެރޭގައި ކ. މާފުއްޓާއި އއ. މަތިވެރި އާއި ތ. ވޭމަންޑޫ ހިމެނެ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 122 މީހަކަށް މި ވަގުތު ފަރުވާދެ އެވެ.