ކޮވިޑްގައި ރާއްޖޭން މި މަހު ހަތަރު ވަނަ މަރު؛ ޖުމްލަ 72 އަށް
ކޮވިޑްގައި ރާއްޖޭން މި މަހު ހަތަރު ވަނަ މަރު؛ ޖުމްލަ 72 އަށް

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެ ރާއްޖޭން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 72 އަށް އަރައިފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިއަދު މެންދުރު ފަހު 1:13 ގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި 85 އަހަރުގެ އަންހެނެއް ކަމަށެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި ހަތަރު ވަނަ މީހާ އެވެ. އަދި މި އަހަރުގެ 25 ވަނަ މަރެވެ.

ކޮވިޑްގައި އިތުރު މީހަކު މަރުވިއިރު މިއަދު ތ. ކިނބިދޫގައި ވެސް ކޮވިޑްގެ އަލާމާތް ހުރެގެން ސާމްޕަލް ނެގި މީހަކު މަރުވެފައިވެ އެވެ.

ކިނބިދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމީހާގެ ސާމްޕަލް ރޭ ނެގި ނަމަވެސް އަދި ނަތީޖާއެއް ނުލިބެ އެވެ. އެހެންވެ މިއީ ކޮވިޑްގެ މަރެއްކަމެއް ނުތަވަ ނޫންކަމެއް އަދި ނޭނގެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާއިރު މިހާރު އެންމެ ބޮޑަށް ބަލި ފެތުރެނީ ރަށްރަށުގަ އެވެ.