އިންޑިއާގައި ހިތްދަތި މަންޒަރެއް: މަރުވާ މީހުންގެ ހަށިތައް ވެސް "ވޭނު"ގައި
އިންޑިއާގައި ހިތްދަތި މަންޒަރެއް: މަރުވާ މީހުންގެ ހަށިތައް ވެސް "ވޭނު"ގައި

ކޮވިޑް-19 ގައި މިހާރު އިންޑިއާ އިން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މީގެ ތެރެއިން ފެންނަ އެންމެ ހިތް ދަތި މަންޒަރަކީ މަރުވާ މީހުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރުން ލަސްވުމާއި މަރުވާ މީހުން އަންދާ ތަންތަނުގައި ތަރުތީބެއް، އިންތިޒާމެއް ނެތި ހިނގާ ކަންކަމެވެ.

އިންޑިއާގައި ހިތްދަތި މަންޒަރެއް: މަރުވާ މީހުންގެ ހަށިތައް ވެސް "ވޭނު"ގައި
އިންޑިއާގައި ހިތްދަތި މަންޒަރެއް: މަރުވާ މީހުންގެ ހަށިތައް ވެސް "ވޭނު"ގައި

މިތަންތަނުގައި އާއިލާތަކުގެ މީހުން ރޮއި ހޭރޭތަނާއި ހަދާނެނަހަދާނެ ގޮތެއް ނޭނގިގެން އުޅޭ ތަނާއި ކަންބޮޑުވުންތަކާ އެކު އުފެދޭ ހަމަނުޖެހުންތަކުގެ ވާހަކަތައް ވެސް މީޑިއާތަކުގައި ދަނީ ދެކެވެމުންނެވެ. ހާލަތު އެންމެ ގޯސް ވެރިރަށް ނިއު ދިއްލީ އަށް ބަލައިފި ނަމަ މަރުވާ މީހުންގެ ހަށިތައް އަންދާ ތަންތަނުގެ މަސައްކަތް ވެސް އޮތީ ފުނި ޖެހި ބާރު ބޮޑުވެ، އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ވެސް ހާސްކަމާއި އުދާސްތަކުން ފުރި ބަންޑުންވެފަ އެވެ.

އިންޑިއާގައި ހިތްދަތި މަންޒަރެއް: މަރުވާ މީހުންގެ ހަށިތައް ވެސް "ވޭނު"ގައި
އިންޑިއާގައި ހިތްދަތި މަންޒަރެއް: މަރުވާ މީހުންގެ ހަށިތައް ވެސް "ވޭނު"ގައި

މިއީ ހަމައެކަނި މި ވަގުތު ކޮވިޑްގައި މަރުވާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް އޮތް ކަންބޮޑުވުމެއް ނޫނެވެ. މިދިޔަ ހޯމަ ދުވަހު ހުޅަނގު ދިއްލީގެ އަޝޯގް ނަގަރްގައި ހާޓްއެޓޭކެއްގައި މަރުވި މީހެއް ދަރިފުޅު އަމަން އަރޯރާ ބުނި ގޮތުގައި އޭނާގެ ބައްޕަގެ ހަށިގަނޑު އަންދައިލެވުނީ ޖެހިގެން އައި ދުވަހު އެވެ.

"އަހަރެމެން ދިޔަ ތަނުގައި ޖާގައެއް ނެތް. ތަން އޮތީ ފުރި ބާރުވެފައި. އެހެންވެ ހަށިގަނޑު ބާއްވައިގެން އާއިލާގެ މީހުންނަށް އަނެއް ދުވަހަށް މަޑުކޮށްލައިގެން ތިބެން ޖެހުނީ." އޭނާ ބުންޏެވެ.

އެތަނުން އަމަން އާއި އާއިލާގެ މިހުންނަށް ފެނުނީ ހިތްދަތިވެގެން ގޮސް ހިތްފަޅައިގެން ހިނގައިދާނެ ކަހަލަ މަންޒަރުތަކެވެ.

"އާއިލާތަކުގެ މީހުން އެ މީހުންނާ ވަކިވި ލޯބިވާ މީހުންގެ ހަށިތައް ކައިރީގައި މަޑުކޮށްލައިގެން ހިމޭންވެފައި ތިބޭ ތަނާއި ބައެއް މީހުން ހިތްދަތިވެގެން ގޮސް ރޮއި ހަޅޭއްލަވާ މަންޒަރު ފެންނަނީ." އަމަން ބުންޏެވެެ.

މިއީ އަދި އެންމެ ތަނެއްގެ ވާހަކަ އެވެ. މުޅި ދިއްލީ އަށް ބަލައިފި ނަމަ ހުރިހާ ތަނެއްގައި ޖުމްލަކޮށް ހަމަ ހާލަތު ހުރީ އަމަން ކިޔައިދިން ގޮތަށެވެ.

މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ހަށިތައް އަންދާ ތަންތަނުގައި ބައެއް ވަގުތުތަކުގައި އެއްފަހަރާ 50 މީހުން ވެސް އަންދައިލަ އެވެ. މިއީ އެތައް ބައެއްގެ ލޯކުރިމަތީގައި ކޮންމެ ދުވަހަކު މިހާރު ހިނގާ ކަމެކެވެ. މުޅި ދިއްލީ އަށް ބަލައިފި ނަމަ ރައްޔިތުންގެ ވަށައިގެން އޮތީ މިފަދަ ހިތްދަތި ހާލަތެކެވެ.

އުމުރުން 40 އަހަރުގެ އަންހެނަކު ކިޔައިދިން ގޮތުގައި ހާލަތު އޮތް ގޮތުން ކޮވިޑްގައި މަރުވި އޭނާގެ ބައްޕަގެ ހަށިގަނޑު އަންދައިލި އިރު އެންމެ ފަހު ވަގުތު މޫނު ވެސް ފެންނަ ގޮތެއް ނުވި އެވެ.

"ތޮއްޖެހި ބާރުބޮޑުވުމުގެ ސަބަބުން އިންތިޒާމުތަކެއް ނެތް މިހާރަކު. މިއީ ހަގީގަތުގައި މަރުވާ މީހުންގެ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިދްދަތިކަމެއް." އޭނާ ބުންޏެވެ.

އެސިސްޓަންޓް ޕްރޮފެސަރެއް ކަމަށްވާ މަންމީތުގެ ބައްޕަ މަރުވެގެން ގެންދިޔައީ ދިއްލީގެ ސީއެންޖީ ކްރިމެޓޯރިއަމަށެވެ.

"އެކަމަކު އެތަނުގައި ބައްޕަގެ ހަށިގަނޑު އަންދާލަން ޖާގައެއް ނުލިބުނު. އަހަރެމެން ދިޔަ އިރު ވެސް ކިއޫގައި ސައްވީސް ގަބުރު އޮތް. ޖާގައެއް ނުލިބުނީމަ ދެން އަނެއްކާ ހަ ގަޑި އިރު ދުއްވާފައި ދާން ޖެހުނީ އެމްސީޑީ ކްރިމެޓޯރިއަމަށް." އޭނާ ބުންޏެވެ.

މަންމަމީތު ބުނި ގޮތުގައި އޭނާގެ ބައްޕަ ކޮވިޑްގައި މަރުވީ އެޑްމިޓްކުރި ހޮސްޕިޓަލުން އޮކްސިޖެން ދެވެން ނެތިގެންނެވެ.

"މިއަށް ވުރެ ވަކި ހިތްދަތިކަމެއް އޮންނާނެތަ؟ އެ ހާލުގައި ބައްޕަ މަރުވީމަ ކުޑަމިނުން އެ ހަށިގަނޑު ނައްތައިލެވޭ ގޮތެއް ވެސް ނެތް ހާލަތެއްގައި އަހަރެމެން މި ތިބީ." އޭނާ ބުންޏެވެ.