ސްޕޮޓިފައިގެ ޕްރިިމިއަމް ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމަައިފި
ސްޕޮޓިފައިގެ ޕްރިިމިއަމް ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމަައިފި

ދާދި ފަހުން ދިވެހިރާއްޖެއަށް ވެސް ދޫކޮށްފައިވާ ސްޕޮޓިފައިގެ ޕްރިމިއަމް ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމައިފި އެވެ.

މިއުޒިކް ސްޓްރީމިން އަށް އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ކަމަށްވާ ސްޕޮޓިފައި އިން ބުނި ގޮތުގައި އިންޑިވިޖުއަލް ޕްލޭން ފިޔަވައި އެހެން ހުރިހާ ޕްލޭނެއްގެ އަގު ބޮޑުކުރާނެ އެވެ. އެގޮތުން އެމެރިކާ އާއި ޔޫރަޕް އަދި އޭޝިއާގެ ގައުމުތަކުގައި ވެސް އަގަށް ބަދަލު އަންނާނެ އެވެ.

އެމެރިކާގައި މި ވަގުތު ބޮޑުކުރީ ހަ މީހުން އެކުލެވޭ ފެމިލީ ޕްލޭނެވެ. އޭގެ އަގު 14.99 ޑޮލަރުން 15.99 ޑޮލަރަށް ބޮޑުކުރި ނަމަވެސް، ބޮޑުކުރާ އަގުތަކާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

އެކަމަކު ބޮޑުކުރި އަގުތައް ނަގަން ފަށާތާ މަސް ދުވަސްކުރިން އެކަން އީމެއިލުން ސްޕޮޓިފައި ބޭނުންކުރާ މީހުންނަށް އަންގާނެ އެވެ. އަދި ބޮޑުކުރި އަގު ނަގަން ފަށާނީ ޖޫން މަހުން ފެށިގެންނެވެ.

ސްވިޑްންގެ ސްޕޮޓިފައި އަކީ މީގެ 15 އަހަރު ކުރިން ވުޖޫދަށް އައި ހިދުމަތެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 345 މިލިއަނަށް ވުރެ އެވެ. އޭގެ ތެރޭގައި ފީ ދައްކައިގެން (ޕްރިމިއަމް) ބޭނުންކުރާ 155 މިލިއަން މީހުންނާއި ހިލޭ ބޭނުންކުރާ 190 މިލިއަން މީހުން ހިމެނެ އެވެ.